25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޔަމަނުގެ ދާޚިލީ ހަނގުރާމަ

ޔަމަނުގެ އެއްބަސްވުމާ އެއްގޮތަށް ކަންކަން ދޭތޯ ބެލުމަށް އދ.ގެ ޓީމެއް ދަނީ

  • ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވީ މިދިޔަ އަންގާރަ ދުވަހު
އަމަން ހަލީމް | soupized

| 22 ޑިސެންބަރު 2018 | ހޮނިހިރު 03:37 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ޔަމަނުގައި ކުދިންތަކެއް ކިޔު ޖެހިގެން ކާނާ ހޯދަން މަސައްކަތް ކުރަނީ -- ސުޕުނިޓްނިކް އިންޓަނޭޝަނަލް

ޔަމަނުގައި ކުރަމުންދާ ހަނގުރާމައިގައި، ހުދައިދާގައި ހަމަލާ ބަދަލުކުރުން ހުއްޓާލަންވީ އެއްބަސްވުމާއި އެއްގޮތަށް ކަންކަން ހިނގާތޯ ބެލުމަށް ޓީމެއް ފޮނުވަން އދ.ގެ ސަލާމަތީ މަޖިލީހުން ނިންމައިފިއެވެ.

ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ހޫތީންނާއި އެ ގައުމުގެ ސަރުކާރާއި ދެމެދު ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވީ މިދިޔަ އަންގާރަ ދުވަހުއެވެ.

އދ.ގެ ސަލާމަތީ މަޖިލީހަށް މި މައްސަލަ ހުށައެޅީ އިނގިރޭސިވިލާތުންނެވެ. މިއީ ޔަމަނާއި ގުޅޭ ކަމެއް ސަލާމަތީ މަޖިލީހުން ތިން އަހަރު ތެރޭ ބަލައިގަތް ފުރަތަމަ ފަހަރެވެ.

ސަލާމަތީ މަޖިލީހުން އެއްބަސްވެފައި ވަނީ ފުރަތަމަ 30 ދުވަހުގެ މުއްދަތަކަށް ހުދެއިދާއަށް ޓީމެއް ފޮނުވައިގެން މި އެއްބަސްވުން ތަންފީޒު ކުރަން އެހީ ވެދިނުމަށެވެ. ސަލާމަތި މަޖިލީހުގެ ނިންމުމުގައި ބަނދަރުތައް ބޭނުން ކުރުމުގައި ދަތި ނުވާނެ ގޮތަކަށް އަމަލު ކުރުމަށް ދެ ފަރާތަށް ވެސް ވަނީ ގޮވާލާފައެވެ.

ހުދެއިދާގެ ބަނދަރު ހުޅުވުމުން ބެލެވިފައި ވަނީ އެ ގައުމުގައި ހާލުގައި ޖެހިފައި ތިބި 22 މިލިއަނަށް ވުރެން ގިނަ މީހުންނަށް އެހީ ފޯރުކޮށް ދިނުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދާނެ ކަމަށެވެ.

ހުދެއިދާއަކީ، ޔަމަނުގެ ވެރިރަށް ސަނާއާ 90 މޭލު ދުރުގައި އޮންނަ އަވަށެކެވެ. ޔަމަނުގެ ހަނގުރާމަ ފެށުމުން ހޫތީން ވަނީ 2014 ވަނަ އަހަރު މި ސަރަހައްދު އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޖޫން މަހުން ފެށިގެން، ޔަމަނުގެ ސަރުކާރަށް ތާއީދު ކުރާ ސައުދީ އިސްވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަނުން ދިޔައީ ވައިގެ ހަމަލާ ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް