
| 21 ޑިސެންބަރު 2018 | ހުކުރު 15:29 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އެމެރިކާގެ ސިފައިން ސީރިޔާ އިން ފޭބުމާއެކު، އިޒްރޭލުން ދޭ ހަމަލާތަށް ވަރުގަދަ ކުރާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަތަނަޔާހޫ ވިދާޅުވެއްޖެއެވެ.
ނަތަނަޔާހޫ މިހެން ވިދާޅުވެފައިވަނީ ސީރިއާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެ ޤައުމުން ބޭލުމަށް ޓްރަމްޕް ނިންމަވައި، އެކަން އިއުލާން ކޮށްފައިވަނިކޮށެވެ.
އިޒްރޭލްގެ ޓީވީ އަކަށް ދެއްވި ބަސްދީގަތުމެއްގައި ނަތަނަޔާހޫ ވިދަޅުވީ، އިރާނުން ސީރިޔާ އަށް އަތްގަދަ ކޮށްފާނެތީ އެކަމަށްޓަކައި އިޒްރޭލުން ތިބީ ތައްޔާރަށް ކަމަށެވެ. އެގޮތުން ސީރިޔާގައި އިރާނާއި ގުޅިފައިވާ ޖަމާއައްތަކުން ދޭ ހަމަލާތަކަށް އިޒްރޭލުން ހުއްޓުވުމަށް މަސައްކަތް ކުރާނެކަމަށް ނަތަނަޔާހޫ ވިދާޅުވިއެވެ.
ބޮޑުވަޒީރު ވިދާޅުވީ، އިޒްރޭލުން ދޭ ހަމަލާތައް ވަރުގަދަކުރާނީ އެމެރިކާގެ ތާއިދާ އެއްކޮށް ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނަތަނަޔާހޫގެ ސެކިއުރިޓީ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ނަފްތާލީ ބެނެޓް ވިދާޅުވީ، ސީރިއާގައި ހަރަކާތްތެރިވާ އައިއެސްގެ ދާއިޝް ޖަމާއަތް ބަލިކޮށްފައިވާތީ އެކަމަށްޓަކައި އެމެރިކާ އަށް ޝުކުރު އަދާކުރާކަމަށެވެ. އިރާނަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވަފައެވެ.
އިސްރޭލްގެ ފިނޭނޭސް މިނިސްޓަރު މޯޝް ކަހު ލޯން އާ، އެ ގައުމުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއްގައ ވިދާޅުވީ، އެމެރިކާގެ ސިފައިން ސީރިޔާ އިން ބޭލުމަށް ނިންމުމަކީ އިޒްރޭލަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ނަމަވެސް އިޒްރޭލްގެ ސަލާމަތާއި ރައްކާތެރި ކަމަކީ އެމެރިކާއަށް މުހިއްމު ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ސީރިއާގައި ހަރަކާތްތެރިވާ ސިފައިން ބޭލުމަށް ޓްރަމްޕް ނިންމަވާފައި ވަނީ ބުދަ ދުވަހުއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް