18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޗައިނާ- ކެނެޑާ

އަނެއްކާވެސް ކެނެޑާ މީހަކު ޗައިނާ އިން ހައްޔަރުކޮށްފި

  • ހައްޔަރު ކޮށްފައިވަނީ އަންހެނެއް
އަލީ ސަމާޚް | AliSamah8

| 21 ޑިސެންބަރު 2018 | ހުކުރު 14:19 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ޗައިނާގެ ފޮރިން މިނސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔުންގް -- ޔޫޓިއުބް

ގަވާއިދާ ހިލާފަށް ޗައިނާގައި މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ކެނެޑާގެ ރައްޔިތަކު ޗައިނާއިން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ބުރާސްފަތި ދުވަހު ވިދާޅުވީ، ގަވާއިދާ ހިލާފަށް ޗައިނާގައި މަސައްކަތް ކުރަމުންދާ ކެނެޑާގެ ރައްޔިތަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ އަންހެނެއް ކަމަށާއި އޭނާގެ ނަމަކީ ސާރާ މެކް ކްލެވާ ކަމަށް ހުއާއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ކެނެޑާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މެކް ކްލެވާއަކީ ޗައިނާގައި އިނގިރޭސި ކިޔަވާދެމުންދާ ޓީޗަރެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ ވިސާގެ މައްސަލައެއްގައި ކަމަށެވެ.

 ޗައިނާ އިން ވަނީ މީގެ ކުރިން ކެނެޑާގެ ޑިޕޮލޮމެޓެއްގެ އިތުރުން ވިޔަފާރިވެރިޔަކު ވެސް ހައްޔަރު ކޮށްފައެވެ. އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ ޗައިނާގެ ގައުމީ ސަލާމަތަށް ނުރާއްކާވާ ކަމަށް ޝައްކު ވެގެން ކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ.

ސާރާގެ ހައްޔަރުމާއި، އޭގެ ކުރިން ހައްޔަރު ކުރި ދެމީހުންނާ ގުޅުމެއް ވޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ހުއާ ވިދާޅުވީ މި ދެ ކޭސްއަކީ ތަފާތު ދެ ކޭހެއް ކަމަށެވެ. މި ކަމާއިބެހޭ ގޮތުން ކެނެޑާގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރަމުންދާ ކަމަށް ހުއާ ވިދާޅުވިއެވެ. 

ހުއާ މިހެން ވިދާޅުވެފައި ވާއިރު، ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓުރްޑޯ ވެސް ވަނީ ޗައިނާ އިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ރައްޔިތުންގެ މައުލޫމާތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޗައިނާ އިން ކުރިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ދެ ރައްޔިތުންނާއި ވާވާގެ ސީއެފްއޯ މެންގް ވަންޒޫ ހައްޔަރު ކުރުމާއި ގުޅުމެއް ނުވާ ކަމަށް ކެނެޑާ ސަރުކާރުން ވަނީ ބުނެފައެވެ.

ޑިސެމްބަރު މަހު އެއްވަނަ ދުވަހު ކެނެޑާގެ ވެންކޯވާ އެއާޕޯޓުން ހައްޔަރުކުރި މެންގް ދޫކޮށްލަން ޗައިނާ އިން ދަނީ ކެނެޑާއަށް ގޮވާލަމުންނެވެ. މެންގް ހައްޔަރު ކުރުމާއި އެކު ޗައިނާއާ ކެނެޑާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައިއެވެ.

ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ މެންގްގެ އަޑުއެހެމެއް ދެން އެންމެ އަވަހަށް އޮންނާނީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް