22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ޑޭވިޑް ޑެހެއާ

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

  • ޑެހެއާ ހޯދުމަށް ޔުވަންޓަސް އިން ވަރަށް އަވަހަށް ބިޑްކުރާނެ
  • ރެއާލް މެޑްރިޑުންވެސް އަންނަނީ ޑެހެއާ ހޯދުމަށް މަސައްކަތްކުރަމުން
  • މި ސީޒަނަށްފަހު ޑެހެއާ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް ބެލެވޭ
ލީވާން އަލީ | MrLeevaan

| 11 ފެބުރުވަރީ 2017 | ހޮނިހިރު 04:03 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް


ޔުނައިޓެޑްގެ ކީޕަރު ޑެހެއާ -- ގޫގުލް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލުކީޕަރު ޑޭވިޑް ޑެހެއާ ހޯދުމުގެ ރޭހުގައި އިޓަލީގެ ޔުވަންޓަސް ވެސް ބައިވެރިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދަ ސަން އިން ބުނީ ޑެހެއާ އަށް ޔުވަންޓަސް އިން ޝައުގުވެރިވާ ކަމަށާއި، އެގޮތުން ވަރަށް އަވަހަށް އޭނާ ހޯދުމަށް ޔުވަންޓަސް އިން ބިޑްކުރާނެ ކަމަށެވެ.

ޔުވަންޓަސް އިން އަންނަނީ އޭސީ މިލާންގެ ކީޕަރު ޑޮނަރުމާވެސް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ކްލަބުން ޑެހެއާ ހޯދާނީ ޑޮނަރުމާ ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބު ނުކުރެވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދާދި ފަހުން ޔުނައިޓެޑް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ޑެހެއާ ބުނީ ދަނޑުމަތީގައި މިހާރު ރަނގަޅު ކުޅުމެއް އޭނާ އަށް ދެއްކެމުން އަންނަ ކަމަށާއި، ޔުނައިޓެޑްގެ ޖޯޒީގައި ކުޅެން ފަހުރުވެރިވެ އުފާވާ ކަމަށެވެ.

އެގޮތުން ޑެހެއާ ބުނީ މިހާރު އޭނާ ހުރި ލެވެލްގައި މި ސީޒަން ނިންމާލަން ބޭނުންވާ ކަމަށާއި، އެހެންނަމަވެސް އެކަމަށް ވަރަށް ބުރަ މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ކްލަބްވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި ސީޒަނަށްފަހު ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް ބެލެވޭ ޑެހެއާ ހޯދުމާ ގާތަށް މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑް ދިޔަ އެވެ. އެހެންނަމަވެސް ޔުނައިޓެޑުން އަދި ރެއާލް އިން ކުރަންޖެހޭ ބައެއް އިދާރީކަންތައް ފުރިހަމަނުވެގެން ޓްރާންސްފާ ކުރެވޭ ގޮތް އެންމެ ފަހުވަގުތު ނުވި އެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޑެހެއާ ވަނީ ޔުނައިޓެޑަށް މި ސީޒަނުގައި މިވީތަނަށް 29 މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް