18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ސިލްސިލާ ބޭހަދް

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

  • ޖެނިފާ އަކީ އަބަދުވެސް އޭނާ ލޯބިވާނެ މީހެއް ކަމަށް އަލީވަނީ ޓުވީޓްކޮށްފައި
ރިޒުނާ ޒަރީރު | RiznaZareer

| 11 ފެބުރުވަރީ 2017 | ހޮނިހިރު 03:28 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  7. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ
  8. އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް!


ބޭހަދްގެ ލީޑް އެކްޓްރެސް ޖެނިފަރ ވިންގެޓު -- ގޫގުލް

ސޮނީ ޓީވީން މިހާރު ދައްކަމުންދާ މަޝްހޫރު ޑްރާމާ ސިލްސިލާ ބޭހަދްގެ ލީޑް އެކްޓްރެސް ޖެނިފާ ވިންގެޓު ދެކެ ލޯބިވާކަމަށް ސްޓަރ ޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާއެއްގައި މަސައްކަތް ކުރަމުން އަންނަ ތަރިއަކު ހާމަކޮށްފި އެވެ.

މީގެ ކުރިން އެކްޓަރ ކަރަން ސިންގ ގްރޯވާއާއި ކައިވެނިކޮށްގެން އުޅުމަށްފަހު މީގެ ދެ އަހަރު ކުރިން ކައިވެނި ރޫޅުނު ޖެނިފަރ ވަނީ ކަރަންއާއި މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫގެ ކައިވެންޏަށް މަރުޙަބާ ކިފާއެވެ.

ކޮންމެއަކަސް މީގެ ތިން ދުވަސް ކުރިން ޓުވިޓާގައި ސްޓަރ ޕްލަސްގެ އެންމެ މަޝްހޫރު ސީރީސް ކަމަށްވާ މުހައްބަތޭންގައި އެއް ތަރި ކަމަށްވާ އަލީ ގޯނީ ވަނީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލާފައެވެ.

އަލީގޯނީ ފުލުފުލުގައި ކުރި ޓުވީޓްތަކަށްފަހު ލިޔެފައިވަނީ ޖެނިފާ ވިންގެޓްއަކީ އޭނާ އެންމެ ކުޑައިރުވެސް ލޯބިވާ މީހެއް ކަމަށާއި އެއް ދާއިރާއެއްގައި މަސައްކަތް ކުރާއިރުވެސް ދުވަހަކުވެސް ދިމާވެފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ޖެނިފާ އަކީ އަބަދުވެސް އޭނާ ލޯބިވާނެ މީހެއް ކަމަށް އަލީވަނީ ޓުވީޓްކޮށްފައެވެ.

މީޑިޔާތަކުން މިހާރު ބަލަމުންދަނީ ޖެނިފާ މިކަމާއި ގުޅިގެން ދޭނެ ޖަވާބަކަށެވެ.

ދާދި ފަހުން ވަނީ ޖެނިފާ މިހާރު ކުޅެމުންދާ ބޭހަދްގެ ސެޓްގައި އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައެވެ. މިހާދިސާއިން އޭނާ ސަލާމަކޮށްފައިވަނީ އެ ސީރީސްގެ ލީޑް އެކްޓަރ ކުޝަލް އެވެ. ޖެނިފާ ވަނީ މިހާދިސާއިން އޭނާ ސަލާމަތްކޮށްދިން ކަމަށްޓަކައި ކުޝަލްއަށް ޝުކުރު އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް