25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ސަައުދީ - އިސްރާއީލް

ސައުދީން އިސްރާއީލާއެކު ގުޅުން ގާއިމް ކުރަން ކުރި މަސައްކަތް ހުއްޓުމަކަށް

  • އިސްރާއީލްއާއި އެކު ގުޅުން ގާއިމު ކުރުމުގެ މަސައްކަތުގައި އެއްމެ ގަދަޔަށް އުޅުއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން
އަމަން ހަލީމް | soupized

| 20 ޑިސެންބަރު 2018 | ބުރާސްފަތި 10:37 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން -- ރޮއިޓަރސް

އެމެރިކާގެ ވާގިވެރިވުމާއި އެކު، އިސްރާއީލާއި އެކު ގުޅުން ގާއިމް ކުރުމަށް ސައުދީން ކުރި މަސައްކަތަށް ބުރޫ އަރައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ހާމަކޮށްފައިވާ ގޮތުގައި، ސައުދީއިން ވަނީ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރުގެ ތުހުމަތު ވަލީއަހުދު ސަލްމާންއަށް ކުރެވުނު ހިސާބުން، ސައުދީއާއި މެދު މީހުން ދެކޭ ގޮތް ގޯސްވެދާނެ ކަހަލަ އެއްވެސް ހާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށެވެ. އިސްރާއީލްއާއެކު ގުޅުން ގާއިމު ކުރުމުގެ މަސައްކަތުގައި އެންމެ ގަދަޔަށް އުޅުއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއެވެ.

ހަޝޯގީގެ މަރާ ގުޅިގެން ރަސްގެފާނު ސަލްމާން ވަނީ ދައުލަތުގެ ކުރީ ސަފުގައި އަމަލީ ގޮތުން ހަރަކާތްތެރި ވާން ފަށާފައެވެ. މި ފަހުން ރަސްގެފާނު ވިދާޅުވީ އިސްރާއީލް-ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުން އެއީ އެއްމެ މުހިންމު ކަން ކަމަށެވެ.

މިކަމުގެ މައުލޫމާތު އެނގޭ ބަޔަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ބުނެފައި ވަނީ މިހާރު މިކަން މަޑުޖައްސާލި ނަމަވެސް، ސިއްރިޔާތުގައި މި ވާހަކަތައް ކުރިޔަށް ދާނެ ކަމަށެވެ. ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ މަސްލަހަތު އޮތުމާއި ގުޅިގެން، ދެ ގައުމުން ވެސް ގުޅުން ގާއިމް ކުރަން މަސައްކަތް ކުރާނެ ކަމަށެ ވެސް އެ ފަރާތްތަކާ ހަވާލާދީ އެ ނޫހުގައި ވަނީ ލިޔެފައެވެ.

ސައުދީއާއި އިސްރާއީލްއާއި ގުޅުން ގާއިމް ކުރަން މަސައްކަތް ކުރެވެމުން ދާ އިރު، އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި އެއްވެސް ރަސްމީ ސިފައެއްގައި ސައުދީއިން ބަލައިގަނެފައިވާ ގައުމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް