23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

އެމްއެމްޕީއާރުސީގެ ހިޔާނަތް

ފައިސާ ގޯނީގެ ވާހަކަ މެމްބަރު މުހައްމަދު އިސްމާއީލަށް ވީ ޖިހާދަކަށް!

  • ފައިސާ ގޯނި ވާހަކައަކީ ސިޔާސީ ގޮތުން ދެއްކެވި ހަގީގަތާ ހިލާފު ވާހަކައެއް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 20 ޑިސެންބަރު 2018 | ބުރާސްފަތި 09:35 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  7. އަލުން ވޯޓު ގުނުމުން ވެސް، ތިނަދޫ ދެކުނު ޓިކެޓް ސަނީފަށް
  8. ސުއޫދުގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލައިފި


މުހައްމަދު އިސްމާއިލް -- ފޮޓޯ: ސިމާހާ ނަސީމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބެހި ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ފައިސާ ގޯނި ހިފައިގެން ފައިސާ ބެހިކަމަށް ވިދާޅުވީ ރައްޔިތުން ހޭލުންތެރިކުރުމުގެ ޖިހާދެއްގެ ގޮތުގައި ކަމަށް ހޯރަފުށީ ދާއިރާ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

އެ މައްސަލަ އޭސީސީން ބެލުމަށް ފަހު ނެރެފައިވާ ރިޕޯޓްގައި މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވި ވާހަކަތައް ވަރަށް ތަފްސީލްކޮށް ގެނެސްފައިވެ އެވެ. ނަމަވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހްމަތުކުރެވޭ ބައެއް މެމްބަރުންނަށް ނުހައްގު މުއްސަނދިކަން ލިބިގެން ދިޔަ މައްސަލަ ބަލައި، އެކަމާ ގުޅޭ ތަފްސީލެއް ހާމަކޮށްފައެއް ނެތެވެ. 

ފައިސާ ގޯނީގެ ވާހަކަ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ސިޔާސީ މީހަކަށް ހުންނަވައި، ގައުމުގެ ކޮރަޕްޝަންގެ ކަންތައް ފެތުރެމުންދާ ދަނޑިވަޅެއްގައި އެކަމުން މުޅި ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކަމަށް އޭނާއާ ހަވާލާދީ އޭސީސީގެ ރިޕޯޓްގައިވެ އެވެ. 

އޭސީސީގެ ރިޕޯޓްގައި ވަނީ ފައިސާ ގޯނި ބެހިކަމަށް މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށާއި އެއީ އެ ސުވާލު އޭނާއަށް އައި ގޮތުން ފޯރީގައި ނުވަތަ ޖަޒްބާތުގައި ބުނެވިފައިވާ އެއްޗެއް ކަމަށް އޭނާ ވިދާޅުވެފައިވާކަމަށެވެ.

"ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް، ނުވަތަ ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކާ ހަވާލުކުރަން އޭނާއަށް ލިބިފައިނުވާ ކަމަށާއި މަޖިލިސް މެންބަރުންނަށް އެއްވެސް ފައިސާއެއް ހަވާލުކުރުމަށް މީހަކު އޭނާއަށް ހަވާލު ނުކުރާ ކަމަށް ވަނީ ބުނެފަ،" އޭސީސީއިން ރިޕޯޓް ބުނެފައި ވެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށާއި ކުރިން ނާއިބު ރައީސް އަހުމަދު އަދީބުގެ ފައިސާގެ 60 ޕަސެންޓް ވާނީ ސިޔާސީ ޕާޓީއެއްގެ ބޭފުޅުން އަތުގައި ކަމަށް އޭނާ ވިދާޅުވި ވިދާޅުވުން އެއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ދެއްކި ވާހަކައެއް ނޫންކަމަށް ވިދާޅުވެފައިވާކަމަށް އޭސީސީގެ ތަހުގީގުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޭސީސީން ބުނީ އެމައްސަލައިގައި މެމްބަރު އިސްމާއިލްގެ ބޭންކް އެކައުންޓްތައް ބެލި ބެލުމުން ވެސް އެމްއެމްޕީއާރްސީގެ ފައިސާތަކެއް އޭނާ ގެންގުޅުނު ކަމަށް ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށް އޭސީސީން ބުނެ އެވެ. ނަމަވެސް، މެމްބަރުންނަށް ނުހައްގު މުއްސަނދިކަން ލިބުނު ގޮތެއް ނުހޯދަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް