18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރަޝިޔާ - އެމެރިކާ

އެމެރިކާއިން ރަޝިޔާއަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިފި

  • މި ލިސްޓުގައި ގިނައިން ހިމެނުނީ ރަޝިޔާގެ ޖާސޫސީ އިދާރާގެ އޮފިސަރުން
އަމަން ހަލީމް | soupized

| 20 ޑިސެންބަރު 2018 | ބުރާސްފަތި 09:20 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ރަޝިޔާގެ ރައީސް ޕޫޓިން (ވ) އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) -- އެންސީބީ ނިއުސް

ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ކަންކަމާއި ހިލާފަށް އަމަލުކުރާ ކަމަށް ތުހުމަތުކޮށް، އެމެރިކާއިން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި މިވަނީ "ޕްރޮޖެކްޓް ލަކްތާ" އާއި ގުޅުން ހުރި ފަރާތްތަކަށް ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ. ޕްރޮޖެކްޓް ލަކްތާއަކީ ރަޝިއާގެ އިންޓަނެޓް ރިސާޗް އޭޖެންސީއިން އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވަން ހިންގި އަމަލުތަކަށް ދެވިފައިވާ ނަމެކެވެ.

ރަޝިއާގެ ޖާސޫސީ އިދާރާގެ ބައެއް އޮފިސަރުން ވެސް ވަނީ މި ފަހަރުގެ ލިސްޓުގައި ހިމަނާފައެވެ. އެ މީހުންގެ މައްޗަށް ކުރަނީ ވަރލްޑް ޑޯޕިން އެޖެންސީއާއި އެހެން ބައެއް ޖަމިއްޔާތަކަށް ސައިބަރ ހެކިންގެ ހަމަލާތައް ދިން ކަމަށެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ ހިމާޔަތް ހޯދައިގެން ހުރި ކުރީގެ ރަޝިއާގެ ޖާސޫސް، ސަރގޭ ސްކްރިޕާލްއާއި އޭނާގެ އަންހެން ދަރިފުޅަށް ވިހަ ދީގެން މަރާލަން އުޅުން ކަމުގެ ތުހުމަތު ކުރެވޭ ރަޝިޔާގެ ދެ އޭޖެންޓަކު ވެސް ވަނީ މި ލިސްޓުގައި ހިމަނާފައެވެ.

ދަތިކުރުމުގެ މި ފިޔަވަޅުތައް އިއުލާން ކޮށްފައި ވަނީ، ކުރިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ހުރި ލިސްޓުން ރަޝިއާ ބައެއް ކުންފުނިތައް އުނިކުރިކަން އިއުލާން ކުރި ދުވަހުއެވެ.

ޒަމާނުއްސުރެން ވާދަވެރި ރަޝިއާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަނީ، އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވުމާއި، ސީރިޔާ އާއި އިރާނުގެ މައްސަލައިގައި އިތުރަށް ގޯސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް