24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ސީރިއާ ހަނގުރާމަ

ސީރިޔާގައި މަސައްކަތްކުރާ އެމެރިކާގެ އެއްގަމު ސިފައިން ބާލަނީ

  • އައިއެސް ބަލިކުރެވިއްޖެކަމަށް ރައީސް ޓްރަމްޕްވަނީ އިއުލާނުކުރައްވާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 20 ޑިސެންބަރު 2018 | ބުރާސްފަތި 06:37 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ސީރިއާގައި އެމެރިކާގެ 2000 އެއްހާ ސިފައިން ތިބޭކަމަށްވަނީ ބެލެވިފައި -- އޭއެފްޕީ

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި އުޅެމުންދިޔަ ޖަމާއަތް "ބަލިކުރެވިއްޖެ" ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވަނިކޮށް ސީރިޔާގައި އުޅޭ އެމެރިކާގެ ސިފައިން އެ ގައުމުން ބޭލުމަށް އެމެރިކާއިން ނިންމައިފިއެވެ.

ޕެންޓަގަންއިން ބުނީ އެ ބަދަލުވަނީ އެ ހަނގުރާމައިގެ އެެހެން ހަރުފަތަކަށް ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

ސީރިޔާގެ އިރުއުތުރުން އައިއެސް ފައްސާލުމަށް އެމެރިކާގެ 2000 އެއްހާ ސިފައިން  މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ބައެއް ތަންތަންކޮޅުގައި ކޮންމެވެސް ވަރަކަށް ހަނގުރާމަވެރިން އުޅެމުންދެއެވެ.

އައިއެސް އަލުން ވަރުގަދަވެގެން ނާންނާކަން ކަށަވަރުވަންދެން އެމެރިކާގެ ސިފައިން ތިބޭނެކަމަށް ކުރިންވަނީ ބެލެވިފައެވެ. 

މީގެ އިތުރުން އެމެރިކާގެ ފައުޖުތައް އަނބުރާ ގެންދިއުމުން ރަޝިއާއާއި އިރާނުގެ ނުފޫޒު ސީރިއާއަދި ސަރަހައްދުގައި ބޮޑުވެދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

ހަނގުރާމައިގެ އެެހެން ހަރުފަތަކަށް ބަދަލުވަނީކަމަށް ބުނުމަށްފަހު އިތުރު ތަފްސީލް ނުދޭނެކަމަށް ޕެންޓަގަންއިންވަނީ ބުނެފައެވެ. ޕެންޓަގަންއިން ބުނީ އެހެންހެދި ސަބަބަކީ ސިފައިންގެ ސަލާމަތަށާއި  އޮޕަރޭޝަންގެ ސަލާމަތީ ސަބަބުތަކަށްޓަކަައިކަމަށެވެ.

ވައިޓް ހައުސްއިން ބުނީ އެގައުމާއި އެ ގަައުމުގެ ބައިވެރިންތިބީ އެމެރިކާގެ މަސްލަހަތ ހިމެނޭ ކޮންމެ ކަމެއް ދިފާއުކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންމެ ލެވެލްއެއްގައިވެސް އަލުން މަސައްކަތްފެށުމަށް ތައްޔާރަށްކަމަށެވެ. 

ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ މިއީ ތާރީޚީ ނަސްރަށްފަހު ސިފައިން އަނބުރާ ގައުމަށް ގެންދަންވީ ވަގުތުކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް