13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:16

ރައީސް ޒޫމާއާ ދެކޮޅަށްކުރި އިހ

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

 • ހަމަނުޖެހުމުގައި 25 މެމްބަރުން ގަދަކަމުން ބޭރުކޮށްފައިވޭ
 • ހަމަނުޖެހުން ހިނގި އިރު ރައީސް ޒޫމާ ވަޑައިގެން އިންނެވި
 • މަޖިލީސް ހޫނުވި އިރު މަޖިލީހުގެ ބޭރުގައި ސިފައިން ހަރަކާތްތެރިވި
ރާއްޖެ އެމްވީ | raajje.mv

| 11 ފެބުރުވަރީ 2017 | ހޮނިހިރު 00:35 | |

މަގުބޫލް

 1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
 2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
 3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
 4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
 5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
 6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
 7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
 8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް އިދިކޮޅު މެމްބަރުން އިހްތިޖާޖު ކުރަނީ -- އޭއެފްޕީ

ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ އައު އަހަރަށް މަޖިލީހަށް ގައުމުގެ ހާލަތު ބަޔާން ކުރާ ތަގްރީރު ނުވަތަ "ސްޓޭޓް އޮފް ދަ ނޭޝަން" ދެއްވަން ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް ގާނޫނު ހަދާ މަޖިލީހުގައި ތިބި އިދިކޮޅު މެމްބަރުން ކުރި އިހްތިޖާޖު ހޫނުވެ ބޮޑު ތަޅާފޮޅުމަކަށް ބަދަލު ވެ މަސްރަހް ހޫނުވި ވީޑިއޯ ވައިރަލް ވެއްޖެއެވެ.

ވީޑިއޯގައި ފެންނަނީ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިޝަލުން ވަނުމާއެކު މަސްރަހް އިތުރަށް ހޫނުވެ ތަޅާފޮޅުމަކަށް ބަދަލުވި ތަނެވެ.

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާ ދައްކުވައިދޭ ވީޑިއޯގައި މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިޝަލުން ވަދެ، ރައީސް ޒޫމާއާ ދެކޮޅަށް ކޮޅަށް ތެދުވެ ތިބެ އިހްތިޖާޖު ކުރަމުން ގެންދިޔަ އިކޮނޮމިކް ފްރީޑޮމް ފައިޓާރސް އަށް ނިސްބަތްވާ 25 މެމްބަރުން ގަދަ ކަމުން އުފުލާލައިގެން މަޖިލިސް ކުރާ ގެއިން ބޭރަށް ނެރޭ މަންޒަރު ފެނެއެވެ.

ޙާދިސާ ހިނގި އިރު ރައީސް ޒޫމާ ތަގްރީރު ދެއްވަން މަޖިލީހަށް ވަޑައިގެން އިންނެވިއެވެ.

ފާއިތުވެ ދިޔަ ތިން އަހަރުވެސް ރައީސް ޒޫމާއަށް މިކަން ތަޖްރިބާ ކުރައްވަން ޖެހިވަޑައިގަތްކަން ފާހަގަ ކުރެވެއެވެ.

އިގްތިޖާޖު ކުރަމުން ގެންދިޔަ މެމްބަރުން ރައީސް ޒޫމާއަށް ނިސްބަތްކޮށް "ތިޔައީ އެންމެ އަޑިއާ ހަމައަށް ކުނިވެފައިވާ އިސްލާހް ނުވާނެ މީހެއް" ކަމަށް ގޮވަމުން ގެންދިޔައެވެ.

ރައީސް ޒޫމާ މަޖިލީހުގައި ތަގްރީރު ކުރައްވަން ފެއްޓެވި އިރު ގިނަ ގޮނޑިތައް ހުރީ ހުސްކޮށްކަން ފާހަގަ ކުރެވެއެވެ. އިކޮނޮމިކް ފްރީޑޮމް ފައިޓާރސްއަށް ނިސްބަތްވާ މެމްބަރުން ބޭރު ކުރުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޑިމޮކްރަޓިކް އެލަޔަންސް ޕާޓީގެ މެމްބަރުންވެސް މަޖިލިސް ދޫކޮށް ނިކުތީއެވެ.

މަޖިލީހުގެ އެތެރޭގައި ހަމަ ނުޖެހުން ހިނގަމުން ދިޔައިރު މަޖިލީސް ބޭރުގައި އެއްވެ ތިބި އިދިކޮޅު ޕާޓީތަކަށް ތާއީދު ކުރާ އާއްމުން ދުރައްޖެއްސުމަށް ސިފައިންވަނީ ބަޑި ޖަހާފައެވެ.

އުމުރުން 74 އަހަރުގެ ރައީސް ޒޫމާއަށް ވެރިކަމުގައި ހުންނެވުމަށް ގޮންޖެހުންތައް ކުރިމަތިވެ ވަޑައިގަތީ އެމަނިކުފާނާ ދެކޮޅަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތަކުގެ ސަބަބުންނެވެ. އެއާއެކު އިގްތިސާދު ހީނަރުވެ، ވަޒީފާ ލިބުމުގެ ދަތިކަން އިންތިހާއަށް ދެކުނު އެފްރިކާގައިވަނީ ކުރިމަތިވެފައެވެ.

ގައުމުގެ ހާލަތު ގޯސްވެފައިވީ ނަމަވެސް ރައީސް ޒޫމާގެ ތަގްރީރުގައި ވިދާޅުވަމުން ގެންދެވީ އިގްތިސާދުގެ ދުވެލި ރަނގަޅުވާނެ ކަމަށެވެ.

ރައީސް ޒޫމާ މަގާމުން އިސްތިއުފާ ދެއްވުމަށް ދެކުނު އެފްރިކާގެ އިދިކޮޅު ޕާޓީތަކުގެ އިތުރުން އެ ގައުމުގެ އެކި އެކި ޔޫނިއަން ތަކުންނާއި ޖަމާއަތްތަކުންވެސް އަންނަނީ ގޮވާލަމުންނެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް އޭނާ މަގާމުން ދުރުކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.

ޒުމާ ދެކުނު އެފްރިކާގެ ވެރިކަމަށް ވަޑައިގަތީ 2009 ވަނަ އަހަރުއެވެ. ދެކުނު އެފްރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން ޒޫމާ މަގާމުން ދުރައް ޖެހިވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް