20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ސައުދީގެ އިގްތިސާދު

މިހާތަނަށް ފާސްކުރި އެއްމެ ބޮޑު ބަޖެޓު ސައުދީން ފާސްކޮށްފި

  • 2019 ވަނަ އަހަރަށް ސައުދީން ހަމަޖައްސާފައިވަނީ 295 ބިލިއަން ޑޮލަރުގެ ބަޖެޓެއް
އަމަން ހަލީމް | soupized

| 19 ޑިސެންބަރު 2018 | ބުދަ 12:33 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ސައުދީ ރަސްގެފާނު ސަލްމާން -- އޭއެފްޕީ

ސައުދީ އަރަބިއާގެ ތާރީހުގައި ވެސް އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ އެއްމެ ބޮޑު ބަޖެޓު ރަސްގެފާނު ސަލްމާން އިއުލާން ކުރައްވައިފިއެވެ.

އަންނަ އަހަރަށް ސައުދީން ހަމަޖައްސާފައި ވަނީ 295 ބިލިއަން ޑޮލަރުގެ ބަޖެޓެކެވެ. ބަޖެޓު އިއުލާން ކުރައްވަމުން ރަސްގެފާނު ސަލްމާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސައުދީއިން އިގްތިސާދު ބަދަލުކުރުމަށް ކުރާ މަސައްކަތައިގެން ކުރިޔަށް ދާނެ ކަމަށާއި ޕްރައިވެޓް ސެކްޓަރ ވަރުގަދަ ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ.

ސައުދީ ސަރުކާރުން ވަނީ އިގްތިސާދު ކުރިއެރުމުގެ ދުވެލި މަޑުޖެހިފައި އޮތުމަށް ހައްލެއް ގެނައުމަށް ހަރަދުތައް ހަތެއް އިންސައްތަ އިތުރު ކުރަން ނިންމާފައެވެ. އަދި މިކަމުގެ ސަބަބުން އެ ގައުމުގެ ވަޒީފާ ނެތް މީހުންގެ އަދަދު ވެސް ދަށަށް ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ 2030 ތަސައްވުރުގެ ދަށުން އިތުރުކޮށްފައިވާ ޓެކްސްތަކުގެ ސަބަބުން ވިޔަފާރިތަކަށް ވަނީ އުނދަގޫތަކާ ކުރިމަތި ލާން ޖެހިފައެވެ. އެ ގޮތުން މި އަހަރު އެ ގައުމުގެ އިގްތިސާދު ވަނީ އަށް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައެވެ. ނަމަވެސް ތެލަށް ބަރޯސާވެފައި އޮތް ސައުދީ އިގްތިސާދަށް މި އަހަރު ތެޔޮ ނޫން ވަސީލަތްތަކުން ލިބުނު އާމްދަނީ ވަނީ 77 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.

މި ބަޖެޓާ އެކު ސައުދީގެ ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 21.5 އިންސައްތައަށް ވަނީ އިތުރުވެފައެވެ. މީގެ ކުރިން ސައުދީއިން ވަނީ ބަޖެޓު ފޫބެއްދުމަށް އެ ގައުމުގެ ރިޒާވުން ފައިސާ ބޭނުންކޮށް ބޭރުގެ ބޭންކުތަކުން ވެސް ފައިސާ ނަގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް