20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އިންޑިއާ - ޕާކިސްތާން

ޕާކިސްތާނުން ހައްޔަރުކުރި އިންޑިއާގެ އަންސާރީ މިނިވަންވެއްޖެ

  • އަންސާރީ ޖަލަށް ލާފައި ވަނީ 2012 ވަ އަހަރު
އަލީ ސަމާޚް | AliSamah8

| 19 ޑިސެންބަރު 2018 | ބުދަ 10:51 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ައަންސާރީ -- އޭ.އެން.އައި

މީގެ ހަ އަހަރު ކުރިން ޕާކިސްތާނުން ހައްޔަރު ކޮށްފައިވާ އިންޑިއާގެ ސޮފްޓްވެއާ އިންޖީނިއަރ ހާމިދު ނިހާލް އަންސާރީ މިނިވަންވެއްޖެއެވެ.

މިނިވަންވުމަށް ފަހު އަންސާރީ އިންޑިއާއަށް އެނބުރި އައިސްފައިވަނީ ވަގަހް ބޯޑަރު ހުރަސް ކޮށެވެ. އިންޑިއާއަށް އެތެރެވުމާއެކު އަންސާރީ ވަނީ ޝުކުރުގެ ސަޖިދައެއް ޖަހާފައިއެވެ.

އަންސާރީއާއި ބައްދަލު ކުރަން ގޮސް ތިބި އޭނާގެ މަންމަ އާއި ބައްޕަ ފެނުމުން އަންސާރީ އަށް ވަނީ އުފަލުން ގޮސް ރޮވިފައެވެ. 

އަންސާރީގެ އާއިލާ މެމްބަރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސްވަރާޖް އާއި މިއަދު ބައްދަލު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.  

މީގެ ހަ އަހަރު ކުރިން، 2012 ވަނަ އަހަރު ޕާކިސްތާނުން އޭނާ ހައްޔަރު ކޮށްފައިވަނީ ގަވާއިދާ ހިލާފަށް އެ ގައުމަށް އެތެރެވި ކަމުގެ ތުހުމަތުގައިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަންސާރީ ޕާކިސްތާނަށް ގޮސްފައިވަނީ އޮންލައިނުން ދިމަވީ އަންހެން ކުއްޖަކާ ބައްދަލު ކުރާށެވެ. އުމުރުން 33 އަހަރުގެ އަންސާރީ ޕާކިސްތާނަށް އެތެރެވެފައި ވަނީ އަފްޣާނިސްތާނު ހުރަސްކޮށެވެ.

ޕާކިސްތާނުގެ އިންޓެލިޖެންސް އޭޖެންސީއިންއިން އޭނާ ހައްޔަރުކޮށް ތިން އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ އިންޑިއާއަށް ޖާސޫސް ކުރި ކަމުގެ ތުހުމަތެވެ. އެގޮތުން އޭނާ އަތުން ފޭކު ޕާކިސްތާނުގެ އައިޑެންޓެޓީ ކާޑެއް އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.   

އަންސާރީގެ ހުކުމް ތަންފީޒުކޮށް ނިމިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.  އަންސާރި ދޫކޮށްލާފައިވާ މިވަނީ އިންޑިއާއި ޕާކިސްތާނާއި ދެ ގައުމު ދެމެދު ގިނަ ދުވަސް ތަކެއް ވަންދެން މަޝްވަރާކުރުމަށް ފަހުއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ޕާކިސްތާނުގެ ޖަލުތަކުގައި އިންޑިއާގެ ހަތަރު ސަތޭހައެެއްހާ މީހުން އަދިވެސް އެބަ ތިއްބެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް