
| 19 ޑިސެންބަރު 2018 | ބުދަ 08:36 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
މިނިވަން ނޫސްވެރިކަމަށް ހުރި ހުރަސްތައް ނައްތާލާނެކަމަށް ބަންގްލަދޭޝްގެ އާއްމު އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަނުން ހާމަކޮށްފިއެވެ.
އާއްމު އިންތިހާބު ޖެހެން ދެ ހަފްތާއަށް ކުޑަތަން ވެފައި ވަނިކޮށް، މެނިފެސްޓޯ އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅުން ބުނެފައިވަނީ ފުލުހުން ބާރުގެ ބޭނުން މަދު ކުރުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މަޖިލީހުގެ މަތި ގެޔެއް ވެސް އުފައްދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޖެހިޖެހިގެން ދެ ދައުރަށް ވުރެ ގިނައިން ވެރިކަން ކުރުން މަނާކުރާ ގާނޫނެއް ފާސްކުރާނެ ކަމަށް ވެސް އިދިކޮޅުން ވަނީ ވައުދުވެފައެވެ. ބަންގްލަދޭޝްގެ ވެރިކަމުގައި ހުންނެވި ޝެއިޚް ހަސީނާ މިހާރު ކުރިމަތިލައްވައިގެން އުޅުއްވަނީ ޖެހިޖެހިގެން ތިން ވަނަ ދައުރަކަށެވެ.
ޑިސެމްބަރު މަހުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަނުގެ ކެނޑިޑޭޓު ކަމާލް ހުސައިން ވަނީ މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވޭނެ ކަމާއި ދޭތެރޭ ޝައްކު އުފައްދާފައެވެ.
އިދިކޮޅު ކޯލިޝަނުގެ އެއްމެ ބޮޑު ޕާޓީ ބީއެންޕީއިން ވަނީ އެ ޕާޓިގެ ސަޕޯޓަރުން ނުހައްގުން ހައްޔަރު ކުރާ ކަމުގެ ތުހުމަތު ސަރުކާރުގެ މައްޗަށް ކޮށްފައެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި ބީއެންޕީގެ ކެނޑިޑޭޓުންތަކެއް ވޯޓު ހޯދަން ނިކުމެ އުޅެނިކޮށް ހަމަލާ ދިނުމާއި ގުޅިގެން، އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސް ހަމަޖެހުން ގެނައުމަށް ވެސް އެ ޕާޓީއިން ވަނީ އެ ގައުމުގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ. ބީއިންޕީގެ ލީޑަރު ޙާލިދާ ޒިއާ، ހުންނެވީ ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވުމާއި ގުޅިގެން ޖަލުގައެވެ.
ޝެއިހް ހަސީނާއަކީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސްގެ ދަރިކަނބަލުންނެވެ. އިގްތިސާދީ ކުރިއެރުމާއި، ރޮހިންގްޔާ މީހުންނަށް އެހީވުމުގެ ވާހަކަ އެ ކަމަނާއަށް ތާއީދު ކުރާ ފަރާތްތަކުން ދައްކާއިރު، އިދިކޮޅުން ބުނަމުން ދަނީ ހަސީނާގެ ވެރިކަމުގެ މިސްރާބު ހުރީ ހުދުމުހުތާރު ކަމާއި ދިމާލަށް ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް