25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޑޮނަލްޑް ޓްރަމްޕް

ރައީސް ޓްރަމްޕްގެ ޗެރިޓީ ފައުންޑޭޝަން ބަންދުކުރަނީ

  • ފަންޑުގައި ބާކީހުރި ފައިސާ ހޭދަކުރަމުންދާގޮތް ދެން ބައްލަވާނީ ނިއުޔޯކްގެ އެޓަރނީ ޖެނެރަލް
އަބުދުﷲ މުހައްމަދު | 8Abbo

| 19 ޑިސެންބަރު 2018 | ބުދަ 08:31 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ރައީސް ޓްރަމްޕްއާއި އެ މަނިކުފާނުގެ ދޮށީ ތިން ދަރިކަލުން އެ ފަންޑުގެ ފައިސާ އަމިއްލަ ކަންކަމާއި ސިޔާސީ މަންފާއަށް ބޭނުންކުރައްވާފައިވާކަމަށް ތުހުމަތުކުރޭ -- އޭއެފްޕީ

އެކިއެކި މައްސަލަތައް ދިމާވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗެރިޓީ ފައުންޑޭޝަން ބަންްދުކުރުމަށް އެއްބަސްވެއްޖެއެވެ.

ފަންޑު ބަންދުކޮށްފައިވަނީ އެ ފަންޑުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވަނިކޮށެެވެ.

ފަންޑު ބަންދުކުރާކަން އިއުލާނުކުރައްވާފައި ވަނީ ނިއުޔޯކްގެ އެޓަރނީ ޖެނެރަލް ބާބަރާ އަންޑަރވުޑްއެވެ. އެ ފަންޑުގައި ބާކީހުރި ފައިސާ ހޭދަކުރަމުންދާ ގޮތް ދެން ބައްލަވާނީ ބާބަރާއެެވެ.

އެކަމަނާވަނީ ރައީސް ޓްރަމްޕްއާއި އެ މަނިކުފާނުގެ ދޮށީ ތިން ދަރިކަލުން އެ ފަންޑުގެ ފައިސާ އަމިއްލަ ކަންކަމާއި ސިޔާސީ މަންފާއަށް ބޭނުންކުރައްވާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ.

ފައުންޑެޝަންގެ ވަކީލުވަނީ އެކަމަނާ އެކަން ސިޔާސީ ކުރައްވަން މަސައްކަތްކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ.

މި މައްސަލައާއެކު ރައީސް ޓްރަމްޕްއާއި އެމަނިކުފާނުގެ ޢާއިލާއަށް މިވަގުތު ކުރިމަތިވެވަޑައިގެންފައިވާ ގާނޫނީ ގޮންޖެހުންތަކުގެ އަދަދު ހަޔަކަށް އަރައެވެ.

ނިއުޔޯކްގެ އެޓަރނީ ޖެނެރަލް ބާބަރާ ވަނީ ރައީސް ޓްރަމްޕްއާއި އެމަނިކުފާނުގެ ބޭފުޅުންކަމަށްވާ އިވަންކާ ޓްރަމްޕް އަދި އެރިކްގެ މައްސަލަ ކުރިޔަށް ގެންދަވާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް