21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ކޫޑޯ ވޯލްޑްކަޕް 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

  • އައްޝަމް ވަނީ މީގެކުރިން ކޫޑޯ ތިން މުބާރާތެއްގައި ބައިވެރިވެފަ
  • ކޫޑޯ ވޯލްޑްކަޕްގައި 40 އަށްވުރެ ގިނަ ގައުމު ވާދަކުރޭ
  • އައްޝަމް ކޫޑޯ ވޯލްޑްކަޕަށް ތައްޔާރުވާތާ ތިން މަސް ވެއްޖެ
ލީވާން އަލީ | MrLeevaan

| 10 ފެބުރުވަރީ 2017 | ހުކުރު 22:59 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ


ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރާ ރާއްޖޭގެ އައްޝަމް -- ގޫގުލް

ކޫޑޯ އިންޓަނޭޝަނަލް ފެޑެރޭޝަން (ކޭއައިއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އަބްދުﷲ އިންޑިއާ އަށް ފުރައިފި އެވެ.

މިކްސް މާޝަލްއާޓް ކުޅިވަރެއްކަމަށްވާ ކޫޑޯގައި ވާދަކުރުމަށް އައްޝަމް އިންޑިއާ އަށް ފުރާފައިވާއިރު، މިއީ މި މުބާރާތުގައި އޭނާ ވާދަކުރާ ދެވަނަ ފަހަރެވެ.

ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި އައްޝަމް ބުނީ މުބާރާތަށް ތައްޔާރުވަމުން އަންނަތާ ތިން މަސްވެފައިވާ ކަމަށާއި، މެދުނުކެނޑި ކޮންމެ ދުވަހަކު ތަމްރީން ހަދަމުން އަންނަ ކަމަށެވެ.

އެގޮތުން އޭނާ ބުނީ މުބާރާތުން ރަނގަޅު ހިސާބަކަށް ދިއުމަށް އުންމީދުކުރާ ކަމަށާއި، މިހާރު ވިސްނުން ހުރީ ފުރަތަމަ މެޗުގައި ލިބޭ ތިން މިނެޓަށް ކަމަށެވެ.  

ނޮކައުޓް އުސޫލުން ތިން މިނެޓު ތެރޭގައި ފައިޓްކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ އެތުލީޓަކު ދެވަނަ ރައުންޑަށް ކޮލިފައިވާ މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅު 40 އަށްވުރެ ގިނަ ގައުމު ވާދަކުރެއެވެ.

އައްޝަމް ބުނީ މުބާރާތަށް ދަނީ އަމިއްލަ ހަރަދުގައި ކަމަށާއި، ސަރުކާރުގެ އެއްވެސް ހަރަދެއް ނުލިބޭކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ރާއްޖޭގައި ކޫޑޯ ކުޅިވަރެއް ގޮތުގައި ތައާރަފްކުރުމަށް އެދިފައިވާ ކަމަށާއި، އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ބުނެފައިވާ ކަމަށެވެ.

އައްޝަމް ވަނީ މީގެކުރިން ކޫޑޯ ތިން މުބާރާތެއްގައި ބައިވެރިވެފައެވެ. އެއީ 2009 ޖަޕާނުގައި ބޭއްވި ހުކޮޓޮކީ ވޯލްޑް ޗެމްޕިއަންޝިޕް، ސައުތު އޭޝިއަން ޗެމްޕިއަންޝިޕް އަދި ރަޝިއާގައި 2011 ވަނަ އަހަރު ބޭއްވި ކޫޑޯ ވޯލްޑްކަޕް އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް