19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ހަތަރު ފައި ހުރި ކުއްޖަކު އުފަ

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

  • އޮޕަރޭޝަނަށް 3 ގަޑީއިރު ހޭދަވި
  • ޑޮކްޓަރުން އޮޕަރޭޝަން ކޮށްދިނީ ހިލޭ
  • ދަރިފުޅު ލިބުމުން މަންމަ ބުނީ މިއީ ކަލާނގެ ދެއްވި ރަހުމަތެއް ކަމުގައި
ރާއްޖެ އެމްވީ | raajje.mv

| 10 ފެބުރުވަރީ 2017 | ހުކުރު 22:39 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


އުފަންވި އިރު ހަތަރު ފަޔާއި އިތުރު ގުނަވަންތައް ހުރި ފިރިހެން ކުއްޖެއް -- އެސް.ޑަބްލިޔު.އެން.އެސް

އުފަންވި އިރު ހަތަރު ފަޔާއި އިތުރު ގުނަވަންތައް ހުރި އިންޑިއާގެ ފިރިހެން ކުއްޖާ އޮޕަރޭޝަން ކޮށްފިއެވެ.

ކުއްޖާ އުފަންވުމުން އޭނާގެ މަންމަ ބުނެފައިވަނީ އެއީ "ކަލާނގެ ދެއްވި ހަދިޔާ" އެއް ކަމުގައެވެ.

ޑޮކްޓަރުން ބުނެފައިވަނި އޮޕަރޭޝަނަށް ފަހު ކުއްޖާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

 

 

 

 

 

 

 

 

 

 

 

މިކުއްޖާ އުފަންވީ މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ދެކުނު އިންޑިއާގެ ކަރުނާޓަކާގެ ރައިޗޫރުގެ ހެލްތް ސެންޓަރެއްގައެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މިއީ ކުއްޖާގެ މަންމަގެ ބަނޑުގައި އެއް މާބަނޑު ދެބެން އުފެދުމުގެ ތެރޭގައި ކުއްޖާއަށް ކުރިމަތިވި ގޮތެއް ކަމަށް ބެލޭ ކަމަށެވެ.

ތިން ގަޑީއިރުގެ މި އޮޕަރޭޝަން ކުރީ ބެންގަލޫރުގެ ނަރަޔާނާ ހެލްތް ސިޓީ ހޮސްޕިޓަލުގެ ޑޮކްޓަރުން ހިލޭ ސާބަހަށެވެ.

އޮޕަރޭޝަން ކާމިޔާބު ވުމުން މި ކުއްޖާގެ މައިން ބަފައިން ތިބީ ވަރަށް އުފަލުން ކަމަށާއި އަދި ޑޮކްޓަރުންނަށް ތައުރީފް ކުރި ކަމަށް ޚަބަރުތައް ބުނެއެވެ.

 

 

 

 

 

 

 

 

 

 

 

މި ދެމަފިރިންނަށް މިއީ ލިބުނު ދެވަނަ ދަރިފުޅެވެ. ފުރަތަމަ ކުއްޖާ އުފަންވީ އިރު މިފަދަ އެއްވެސް އައިބެއް ނެތް ކަމަށާއި އޭނާގެ އުމުރުން މިހާރު ދެ އަހަރު ފުރިއްޖެ ކަމަށްވެސް، ދަނޑުވެރިކަން ކުރާ، ކުއްޖާގެ ބައްޕަ ޗެންނާބަސާވާ ދިން އިންޓަވިއު އެއްގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް