20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބްރެކްސިޓް

ތެރީސާ މޭގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އިދިކޮޅު ލީޑަރު ހުށައަޅައިފި

  • މޭގެ އިތުބާރުނެތް ކަމަށް ހުށައަޅަން ޖެހުނީ މިދިޔަ ހަފްތާގައި ނަގަން އޮތް ބްރެކްސިޓްގެ ވޯޓު ނެގުން އެއް މަހަށް ފަސް ކުރައްވަން ނިންމެވުމާއި
އަމަން ހަލީމް | soupized

| 18 ޑިސެންބަރު 2018 | އަންގާރަ 11:08 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ޖެރެމީ ކޯބިން (ވ) ތެރީސާ މޭ (ކ) -- ޓްވިޓަރ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ހުށައަޅައިފިއެވެ.

ހޯމަ ދުވަހު މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށައަޅުއްވަމުން ކޯބިން ވިދާޅުވީ އިތުބާރުނެތް ހުށައަޅަން ޖެހުނީ މި މިދިޔަ ހަފްތާގައި ނަގަން އޮތް ބްރެކްސިޓްގެ ވޯޓު ނެގުން އެއް މަސް ފަހުން ނަގަން ނިންމުމާއި ގުޅިގެން ކަމަށެވެ. ކޯބިން އިތުރަށް ވިދާޅުވީ މޭގެ މި އަމަލުގެ ސަބަބުން މިހާރު އިނގިރޭސިވިލާތް އޮތީ "ކާރިސާ" އެއްގެ ތެރޭގައި ކަމަށެވެ.

ކޯބިންގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށައެޅުއްވީ މުޅި ސަރުކާރުގެ ބަދަލުގައި، ސީދާ މޭއަށް އަމާޒު ކޮށްފައެވެ. ކޯބިން ވިދާޅުވީ މި މައްސަލަ މިހެން ހުށައަޅަން ނިންމީ ބްރެކްސިޓް ވޯޓު އަވަސް ކުރަން ކަމަށެވެ. ނަމަވެސް އިދިކޮޅު އެހެން ޕާޓީތަކުން ދަނީ މުޅި ސަރުކާރުގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓު ނަގާ ގޮތަށް މި މައްސަލަ ބަދަލުކުރުމަށް ލޭބަރއަށް ބާރު އަޅަމުންނެވެ. މުޅި ސަރުކާރުގެ މައްޗަށް އިތުބާރުނެތް ކަމަށް ފާސްވެއްޖެ ހާލަތެއްގައި އާންމު އިންތިހާބެއް ބާއްވަން މަޖުބޫރު ވާނެއެވެ.

މޭ ވަނީ ޔޫރަޕުގެ އިއްތިހާދާއި އެކު ވެފައިވާ އެއްބަސްވުން ބަދަލު ކުރެއްވުމަށް ފަހު އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ވޯޓު ނަގާނެ ކަމަށް ވިދާޅުވެފައެވެ. ނަމެވެސް ކޯބިން ވިދާޅުވީ މޭއަށް މިހާރު އޮތް އެއްބަސްވުމަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މޭގެ ކޮންޒަރވެޓިވް ޕާޓީން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ނަގާފައެވެ. މި ވޯޓުން އެކަމަނާ ސަލާމަތްވެ ވަޑައިގެންނެވި އިރު، މޭއާއި ދެކޮޅަށް ވޯޓު ދެއްވި ކޮންޒަރވެޓިވް ޕާޓީގެ މެމްބަރުން ވެސް ބުނެފައިވަނީ ލޭބަރގެ މި ވޯޓު ކާމިޔާބުވިޔަކަ ނުދޭނެ ކަމަށެވެ.

ބްރެކްސިޓްއަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެގައުމުގެ ރައްޔިތުން 2016 ވަނަ އަހަރު ނެގި "ބްރިޓިޝް އެގްޒިޓް" ވޯޓަށް ދެވުނު ނަމެކެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ނިންމީ އެ ގައުމުގެ އިގްތިސާދަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ. ނަމަވެސް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ އިގްތިސާދަށް އެންމެ ރަނގަޅު ގޮތަކީ އީޔޫގައި ދެމިއޮތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް