26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އެމްއެމްއޭގެ ތަފާސްހިސާބު

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

  • ދައުލަތުން 2017 ވަނަ އަހަރު 21.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ
  • ދައުލަތުންކުރާ ޚަރަދު 22.2 ބިލިއަން ރުފިޔާ އަރާނެ
  • ރާއްޖޭގެ ޖީޑީޕީ 2.7 ޕަސެންޓް އިތުރުވެއްޖެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 10 ފެބުރުވަރީ 2017 | ހުކުރު 18:23 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


އެމްއެމްއޭ -- ގޫގުލް

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް، 2016 ވަނަ އަހަރުގެ ނިޔަލަށް 2.7 ޕަސެންޓް އިތުރުވެފައިވާ އިރު، އުފެއްދުންތެރިކަމުގެ 23 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 ފަސެންޓް ކޮމިއުނިކޭޝަން ދައިރާއަށް ހިއްސާކުރާ އިރު ނުވަ ޕަސެންޓް ހިއްސާ ކުރަނީ ކޮންސްޓްރަކްޝަންގެ ދާއިރާ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ޕަސެންޓެއް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނި ރާއްޖެއަށް 119،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު ފަތުވެރިން ޒިޔާރަތްކުރި އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވެ އެވެ.

މި މުއްދަތުގެ ތެރޭގައި ޖުމްލަކޮށް ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ ތިން ޕަސެންޓް އިތުރުވެފައެވެ. އަހަރުންއަހަރަށް ބަލާއިރު، ޑިސެމްބަރު މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ޖުމްލަކޮށް އިތުރުވެފައިވަނީ އޭޝިއާގެ ޤައުމުތަކުން ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން އިންޑިޔާ އަދި މެލޭޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ޔޫރަޕުގެ ބޮޑެތި މާކެޓްތައްކަމުގައިވާ ޔޫކޭ އަދި ޖަރުމަނުންޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފަ އެވެ.

ދައުލަތުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި 21.9 ބިލިއަން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު 22.2 ބިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް