22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޕާކިސްތާން ކްރިކެޓް ޓީމް

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

  • ދެން ކެޕްޓަންކަން ކުރާނީ ވިކެޓްކީޕަރު ޝަފްރާ އަހުމަދު
  • މީގެ ކުރިންވެސް ކެޕްޓަންކަން ދޫކޮށްލުމަށް އެދިފައިވޭ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 10 ފެބުރުވަރީ 2017 | ހުކުރު 17:17 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އަޒްހަރު ވާތްފަރާތުގައި އަދި މިހާރު ކެޕްޓަން ކަމަށް ހަމަޖައްސާފައިވާ ޝަފްރާ އަހުމަދު -- ބީބީސީ

ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން އަޒްހަރު އަލީ "ވަންޑޭ އިންޓަރނޭޝަނަލް" މެޗުތަކުގައި ކެޕްޓަންކަން ކުރުން ހުއްޓާލައިފިއެވެ.

 

އުމުރުން 31 އަހަރުގެ އަޒްހަރު އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން ހުއްޓާލާފައި މިވަނީ މިދިޔަމަހު އޮސްޓްރެލިއާ ދެކޮޅަށް ޕާކިސްތާން ކުޅުނު ވަންދޭ އިންޓަނޭޝަނަލް ސީރީޒްގައި ބަލިވުމާއި ގުޅިގެންނެވެ.

 

ޕާކިސްތާނުގެ ކްރިކެޓް ޓީމުގައި އެންމެ ރަނގަޅު އެއް ބެޓްސްމަންގެ ގޮތުގައި ފާހަގަކޮށްލެވޭ އަޒްހަރު ގައުމީޓީމުގެ ކެޕްޓަނުގެ ގޮތުގައި ހަމަޖައްސާފައިވަނީ 2015 ވަނަ އަހަރު އޮތް ކްރިކެޓް ވޯލްޑް ކަޕަށްފަހުއެވެ.

 

އަޒްހަރުގެ ކެޕްޓަންކަމުގެ ދަށުގައި ޕާކިސްތާންވަނީ 12 މެޗަކުން މޮޅުވެފައެވެ. އަދި 18 މެޗަކުން ބަލިވެފައިވެއެވެ. ކެޕްޓަން ކަމުން ވަކިވި ނަމަވެސް ޕާކިސްތާނުގެ ޓީމުގެ ބެޓްސްމަނެއްގެ ގޮތުގައި އަޒްހަރު ފެންނާނެއެވެ. ނަމަވެސް ވެސްޓްއިންޑީސް އާއެކު ޕާކިސްތާނު އަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ އޯޑީއައި ސީރީޒްގައި އަޒްހަރަކަށް ނުކުޅެވޭނެއެވެ.

 

އޮސްޓްރެލިއާ އާއެކު ކުޅުނު އޯޑީއައި މެޗުތަކުގައި އަޒްހަރު ދައްކާފައިވާ ލަސްކުޅުމުގެ ސަބަބުން އޭނާ ވަނީ ސަސްޕެންޑްކޮސްފައެވެ. އަޒްހަރުގެ ބަދަލުގައި ޕާކިސްތާން ކްރިކެޓް ޓީމުން ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 29 އަހަރުގެ ވިކެޓް ކީޕަރު-ބެޓްސްމަން ޝަފްރާ އަހުމަދުއެވެ.

 

މާޗުމަހުގެ ތެރޭގައި ޕާކިސްތާނުން ވެސްޓް އިންޑީޒްއަށް ދަތުރެއް ކުރާނެއެވެ. މިދަތުރުގައި ޓީ-20 ގެ ދެމެޗާއި 3 ވަންޑޭ އިންޓަނޭޝަލް އަދި 3 ޓެސްޓް ކްރިކެޓް މެޗު ކުޅުމަށް ޖެހިފައިވެއެވެ.

 

ޕާކިސްތާނު މިވަގުތު އޮތީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް ރޭންކިންގެ 8 ވަނައިގައެވެ. އެންމެ ތިން ޕޮއިންޓްގެ ފަރަޤަކާއިއެކު ރޭންކިންގެ އަށްވަނައިގައި ޕާކިސްތާން އޮތް އިރު، މިއަހަރުގެ ސެޕްޓަމްބަރު މަހު ނެރޭ ރޭންކިންގ ލިސްޓުގައި ހިމެނޭ އަށްޓީމު 2019 ވަނަ އަހަރު އޮންނަ ވޯލްޑްކަޕް ކްރިކެޓް މުބާރާތަށް ހޮވޭނެއެވެ.

 

އަޒްހަރުގެ ނިންމުމާއިއެކު ކެރީބިއަންއަށް ޕާކިސްތާނުންކުރާ ދަތުރުގައި ކެޕްޓަންކުރާނީ އެޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ބެޓްސްމަން ކަމަށްވާ 43 އަހަރުގެ މިސްބާހުލް ޙައްޤުއެވެ.

 

އަޒްހަރު ވަނީ މީގެ ކުރިންވެސް ކެޕްޓަން ދޫކޮށްލުމަށް އެދިފައެވެ. އެގޮތުން ޕާކިސްތާނުގެ ޓީމު ބާރު އުކުންތެރިއެއް ކަމަށްވާ މުހައްމަދު އާމިރުގެ ޖަލު ހުކުމް ތަންފީޒް ކުރުމަށްފަހު ޓީމާއި ގުޅުމުން އަޒްހަރު ވަނީ ކެޕްޓަންކަން ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް ޕާކިސްތާނު ކްރިކެޓް ބޯޑުން އެ ނިންމުން ބަލައެއް ނުގަތެވެ.

 

ޕާކިސްތާނު ޓީމުގެ އުކުންތެރިއެއް ކަމަށްވާ އާމިރު 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކޮށް، 5 އަހަރަށް ސަސްޕެންޑް ކުރަންޖެހުނީ މެޗް ފިކްސިން މައްސަލައެއް ސާބިތުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް