21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ފަތުރުވެރިން އިތުރުވުން

ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 7 ޕަސެންޓް އިތުރު

  • މިދިޔަ މަހު ރާއްޖެއަށް އެއްލައްކަ ފަންސަވީސް ހާސް ހަސަތޭކަ ހަތަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
  • އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އޭޝިޔާ ޕެސިފިކްގެ ޤައުމުތަކުން
ސިމާހާ ނަސީމް | sim_kamana

| 17 ޑިސެންބަރު 2018 | ހޯމަ 02:55 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ހޮލިޑޭ އައިލެންޑް ރިސޯޓް -- ވިލާ ހޮޓެލްސް

ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތް ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެއްލައްކަ ފަންސަވީސް ހާސް ހަސަތޭކަ ހަތަރު ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޔޫރަޕުންނެވެ.

ނޮވެމްބަރުގެ ނިޔަލަށް ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ހަ ލައްކައަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ 2017 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 12.5 އިންސައްތަ ކުރިއެރުމެކެވެ.

މިދިޔަ މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތަށް ބަލާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އޭޝިޔާ ޕެސިފިކްގެ ޤައުމުތަކުންނެވެ. އެސަރަޙައްދުން ފަސް ސަތޭކަ ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ވަކިވަކި މާކެޓްތަކަށް ބަލާއިރު، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 ޤައުމަކީ ޗައިނާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އިޓަލީވިލާތް، އިންޑިއާ، ރަޝިއާ، ފަރަސްސޭސިވިލާތް، ޖަޕާނު، ޔޫއެސްއޭ، އޮސްޓްރޭލިއާއެވެ. މީގެ ތެރެއިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވެފައި ވީނަމަވެސް ދެންހުރި މާކެޓްތަކުން ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ 44،345 އެނދުގެ ތެރެއިން އެވްރެޖްކޮށް 41،715 އެނދު އޮޕަރޭޓް ކުރެވިފައިވާއިރު، އެ މުއްދަތުގައި ރާއްޖޭގެ ފަތުރުވެރިން ހޭދަކޮށްފައިވާ ދުވަހުގެ އަދަދުވެސް ވަނީ 10.4 އިންސައްތަ އިތުރުވެފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ. އެއީ ތުރުކީ ރައްޔިތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް