22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ކޮންސްޓްރަކްޝަން ދައިރާ

ސިމެންތި ބަސްތާ ވެއްޓުނު މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ހުއްޓުވައިފި

  • އެގޮތަށް ނިންމީ މާލޭ ސިޓީ ކައުންސިލުން
ޙުސައިން ޙަސަން | hucenhassan

| 17 ޑިސެންބަރު 2018 | ހޯމަ 00:17 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  6. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  7. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު މަންޒަރު -- ފޮޓޯ: ރާއްޖެ އެމްވީ

ހަތް އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު މައްސަލާގައި އެ އިމާރާތުގެ މަސައްކަތް ކުރަމުންދިޔަ ޑަބްލިއު ކޮންސްޓްރަކްޝަނަށް ދީފައިވާ ހުއްދަތައް ހިފަހައްޓައި، އެ ކުންފުނީގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލުން ހުއްޓުވައިފިއެވެ.

އެ ހުއްދަތައް ހިފަހައްޓަން ނިންމީ މާލޭ ސިޓީ ކައުންސިލުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. އެ ކައުންސިލުން ވަނީ ވާ ޖަހައިގެން އިމާރާތްތަކަށް އެއްޗެހި އެރުވުން ހުއްޓުވުމަށް ވެސް ނިންމާފައިވެއެވެ.

އެ ނިންމުންތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސިޓީ ކައުންސިލުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު ސަރަހައްދުގައި ބަހައްޓާފައި ހުރި ނުރައްކާ ބޯޑަކީ މިސްކިތެއްގެ އުވަ ޖެހުމަށް އެ ކުންފުންޏަށް ދީފައިވާ ބޯޑެއް ކަމަށެވެ. އެހެންކަމުން ހާދިސާ ހިނގިއިރު، އެ ކުންފުނިން ނުރައްކާ ބޯޑު ބަހައްޓާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޤަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ފަރާތްތައް ހޯދާ، އެ މަސައްކަތް ވަގުތުން ހުއްޓުވަން ނިންމާފައިވާ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސެއިން ޝަރީފު ވިދާޅުވިއެވެ.

ސިޓީ ކައުންސިލާއި ޕްލޭނިންގް މިނިސްޓްރީ އާއި ފުލުހުންނާއި ސިފައިނާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިތުރުން ކަމާބެހޭ ފަރާތްތައް ގުޅިގެން މާލޭގައި މަސައްކަތް ކުރަމުންދާ ކޮންސްޓްރަކްޝަން ސައިޓްތައް ބެލުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލެ ތެރެ ބަލަހައްޓާ ސުޕަވައިޒަރުންގެ އަދަދަކީ އެންމެ ހަތް މީހުން ކަމަށާއި ސުޕަވައިޒަރުން އިތުރުކޮށް މާލޭގައި ހިނގާ ކަންތައްތައް ވަރަށް ކައިރިން، ސިޓީ ކައުންސިލުން ބަލާނެ ކަމަށެވެ.

މާފަންނު ނަލަހިޔާ ސަރަހައްދުން ހިނގާފައި ދަނިކޮށް އެ ސަރަހައްދުގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާގެ އޮޕަރޭޝަންކޮށް ނިމިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފިއެވެ. އައިޖީއެމްއެޗުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮޕަރޭޝަނަށްފަހު ކުއްޖާއަށް އައިސީޔޫގައި ފަރުވާދެމުން ދާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް