23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ރައީސްގެ އިންޑިއާ ދަތުރުފުޅު

ރާއްޖޭގައި ބޭރުގެ އިންވެސްޓްމެންޓްތަކަށް ހުރަހެއް ނެތް: ރައީސް

  • ބޭރުގެ ވިޔަފާރިތަކަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 16 ޑިސެންބަރު 2018 | އާދީއްތަ 23:56 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  7. އަލުން ވޯޓު ގުނުމުން ވެސް، ތިނަދޫ ދެކުނު ޓިކެޓް ސަނީފަށް
  8. ސުއޫދުގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލައިފި


ރައީސް ސާލިހު އިންޑިއާގެ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވަނީ. -- ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް މަރުހަބާ ވިދާޅުވާ ކަމަށާއި އެފަރާތްތަކަށް އެއްވެސް ހުރަހެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ދިއްލީގެ އައިޓީސީ މޯރިއާ ހޮޓެލްގައި އިންޑިއާގެ ވިޔަފާރިވެރިންނާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރާ ބޭރުގެ އިންވެސްޓަރުންނަށް ބޭންކިން ނިޒާމުގެ ތެރެއިން ރައްކާތެރިކަން ހޯއްދަވައި ދެއްވައި، ގާނޫނީ ގޮތުން ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.

"ރާއްޖެގެ އިގްތިސާދު ބާރަށް ކުރިއަރަމުން އަންނައިރު، ރާއްޖެ އޮތީ ބޭރުގެ ވިޔަފާރިތަކަށް ހުޅުވާލެވިފައި. އެފަރާތްތަކަށް ރާއްޖެއަށް މަރުހަބާ ކިޔަން. ރާއްޖެއަކީ ކުޑަގައުމެއް ނަމަވެސް ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދެއް. ޓޫރިޒަމް ދާއިރާގައިވެސް ފުރުސަތުތައް އެބަހުރި. ހާބަރ ޕްރޮޖެކްޓްތަކުން ފެށިގެން ރީޖަނަލް އެއާޕޯޓްތައް އެހުރީ" ރައީސް ވިދާޅުވިއެވެ.

އިންޑިއާއަށް އެމަނިކުފާނު ކުރެއްވާ ދަތުރުފުޅުގައި އެ ގައުމުގެ ވިޔަފާރިވެރިންނާއި ބައްދަލު ކޮށްލެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ ވިޔަފާރިވެރިންނާއި އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ވިޔަފާރި އާއި ބެހޭ ވަޒީރާއި، ޗެމްބަރ އޮފް ކޮމާސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި، ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް އަދި ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް