22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ފެނަކަ ކޯޕަރޭޝަން

ފެނަކަ އެމްޑީއަކަށް ސައީދު

  • ފެނަކައިގެ އެމްޑީއަކަށް ސައީދު ހަމަޖެއްސެވީ އާދިއްތަ ދުވަހު
ދާނިޝް ނިޡާމް | Dhaanish_Nizam

| 16 ޑިސެންބަރު 2018 | އާދީއްތަ 20:36 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  6. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  7. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު -- އާކައިވް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރގެ މަގާމަށް ގދ. ވާދޫ، މައިފޫނާ އަހްމަދު ސައީދު މުހައްމަދު ހަމަޖައްސައިފިއެވެ.

ޕްރައިވައިޓޭޒެޝަން އެންޑް ކޯޕަރޭޝަންގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައީދު އެ މަގާމަށް ހަމަޖެއްސީ އާދިއްތަ ދުވަހު ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްއާން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ކުރިން އިސްތިއުފާ ދެއްވާފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ސައީދު އައްޔަންކުރުމާއެކު، ދައުލަތުގެ މުހިންމު ގިނަ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރެވުނީ އެވެ. އެގޮތުން އެސްޓީއޯގެ އެމްޑީއަކަށް ހުސެއިން އަމްރު އަދި ފެން ކުންފުނީގެ އެމްޑީއަކަށް އާދަމް އާޒިމް ހަމަޖައްސާފައިވާއިރު، އެމްޓީސީސީގެ އިސްވެރިޔަކަށް ހަމަޖެއްސެވީ ޝާހު އެވެ. އޭގެއިތުރުން އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް ރިޒްވީ ހަމަޖައްސަވާފައިވާއިރު، އެމްޕީއެލްއަށްވެސް ވަނީ ބޭފުޅަކު އައްޔަނުކުރައްވާފަ އެވެ. 

ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އިސް ބޭފުޅަކު ހަމަނުޖައްސަވަނީ އެޗްޑީސީގެ އިތުރުން، ޕަބްލިކް ސާރވިސް މީޑިއާއަށެވެ. އޭގެއިތުރުންވެސް އެހެން ބައެއް ކުންފުނިތަކަށް އިސް ބޭފުޅުން އަދި އައްޔަންކުރައްވާފައެއް ނުވެ އެވެ.

ފެނަކަ އަކީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް ނަޝީދުގެ ސަރުކާރުން އެކުލަވާލި ޔޫޓިލިޓީސް ކުންފުނިތައް އުވާލުމަށްފަހު އެ ހުރިހާ ކުންފުންޏެއް އެއްކޮށް އުފެއްދި ކުންފުންޏެކެވެ. ފެނަކައަކީ ރާއްޖޭގެ ރަށްތަކުގެ ފެނާއި، ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތްދޭ ދައުލަތުގެ ކުންފުނި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް