16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޖަޕާނާ އެމެރިކާގެ ގުޅުން

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

  • މި ދެބޭފުޅުން ބައްދަލު ކުރައްވާއިރު ދާދިފަހުން ޓްރަމްވަނީ އަބޭއަށް ފާޑުވިދާޅުވެފަ
އަބުދުﷲ މުހައްމަދު | 8Abbo

| 10 ފެބުރުވަރީ 2017 | ހުކުރު 15:38 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ވަޒީފާތައް އުފެއްދުމާ ބެހޭގޮތުންނާއި ޖަޕާނުގެ އިންވެސްޓްމެންޓްތަކާ ބެހޭގޮތުން އަބޭ ޓްރަމްޕާ އާ މަޝްވަރާ ކުރައްވާނެ -- ގޫގުލް

އިގްތިސާދި އަދި ސަލާމަތީ ކަންކަމާ ބެހޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު ވާހަކަ ދެއްކެވުމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެމެރިކާއަށް ވަޑައިގެންފިއެވެ.

ދެ ބޭފުޅުންގެ މަޝްވަރާތައް ބޮޑަށް އަމާޒު ކުރެވޭނީ ވަޒީފާ އުފެއްދުމާ ބެހޭގޮތުންނާއި ޖަޕާނުގެ އިންވެސްޓްމެންޓްތަކާ ބެހޭގޮތުންނެވެ.

 މި ދެބޭފުޅުން މަޝްވަރާތަކަށް ބައްދަލުކުރައްވާއިރު ދާދިފަހުން ޓްރަމްޕްވަނީ އަބޭއަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޓްރަމްޕް ވަނީ ޖަޕާނުގެ ކާރު އުފައްދާ ޓޮޔޯޓާއިން މެކްސިކޯގައި ޕްލާންޓެއް ބިނާކުރާތީ ޓެކްސް ނަންގަވާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

 މީގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާއިން ޖަޕާނަށް އެއްބާރުލުން ދިނުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ.

 ޖަޕާނަކީ އޭޝިއާ ޕެސިފްކްގައި ސުލްހަ ސަލާމަތީ ކަންކަމުގައި އެންމެ އިސް އެއް ގައުމެވެ. މިދިއަ މަހު ޓްރަމްޕްވަނީ އެމެރިކާގެ ބާޒާރަށް އަމާޒުކޮށް ކާރު އުފެއްދުމަށް ޓޮޔޯޓާއިން މެކްސިކޯގައި ޕްލާންޓެއް ގާއިމް ކުރުމަށް ވިސްނަމުންދާކަމަށް ވިދާޅުވެފައެވެ. ޓްރަމް ވިދާޅުވީ" ނޫން އެއީވާނެ ކަމެއްނޫން، އެމެރިކާގައި ޕްލާންޓެއް ގާއިމްކުރޭ ނޫނީ އެމެރިކާއަށް ބޮޑުކޮށް ބޯޑަރ ޓެކްސް ދައްކާ." 

ރައްދުގައި ޓޮޔޯޓާއިންވަނީ އެ ކުންފުނީގެ އުފެއްދުންތައް އަދި ވަޒީފާތައް އެމެރިކާގައި މަދު ނުކުރާނެ ކަމަށެވެ.

އޭގެ ކުރިން ޓްރަމްޕްވަނީ ޖާޕާނުން އެމެރިކާ އިން އުފައްދާ ކާރު އެކަށީގެންވާ މިންވަރަށް ނުގަންނަކަމަށް ވިދާޅުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް