18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ނިއު ރޭޑިއަންޓް

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

  • ކެލާގައި އަށް ދުވަސް ހޭދަކުރާނެ
  • އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 10 ފެބުރުވަރީ 2017 | ހުކުރު 15:37 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ހއ. ކެލައަށް ފުރުމުގެ ކުރިން ނިއުގެ ކުޅުންތެރިން ފޮޓޯއަކަށް އެތުރިލައިގެން:_ފޮޓޯ- ނިއުރޭޑިއަންޓް ސ ކ -- ގޫގުލް

އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއުރޭޑިއަންޓް ސްޕޯޓް ކުލަބުން ހއ. ކެލާގައި ފަރިތަކުރުންތަކެއް ބޭއްވުމަށް އެރަށް ހިނގެއްޖެއެވެ.

އެންމެ ވަރުގަދަ އެއް ސްކޯޑާއެކު މި ސީޒަނަށް ނުކުންނަ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުން ކެލާގައި ފަރިތަކުރުންތައް ބޭއްވުމަށް އެރަށް ގޮސްފައިވަނީ ހުކުރު ދުވަހުގެ ހެނދުނުއެވެ.

މި މަހުގެ 18 ގައި ނިޔަލަށް ކެލާގައި ނިއު ރޭޑިއަންޓުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން ކެލާ ޓީމާއި މުރައިދޫ ޓީމާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ފުޓްބޯޅަ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް ބޮޑު ޚަރަދުތަކެއް ކުރަމުން އަންނަ ނިއު އިން ވަނީ އެ ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން ގޯލްކީޕަރ އިމްރާން މުހައްމަދާއި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި މިޑްފީލްޑަރު އަކްރަމް އަބްދުލްޣަނީ ގެ އިތުރުން ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)  ގެނެސްފައެވެ.

ކެލާގައި ނިއުރޭޑިއަންޓުން ހޭދަކުރާ ދުވަސްތަކުގައި އެރަށުގެ ސުކޫލަށް ވެސް ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން ޒިޔާރަތް ކުރާނެއެވެ.

ދިވެހި ކުޅުންތެރިންގެ އިތުރު ނިއުރޭޑިއަންޓުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ނިއުއަށް ވަނީ ބިދޭސީ ފަސް ކުޅުންތެރިން ގެނެސްފައެއެވެ. އެގޮތުން ނެދަލެންޑްސް ޖަމެލް ލީފްލޭންގާއި ސްޕެއިންގެ އެޑްރިއަން ގަލާޑޯ ވަލްޑެސް އަދި ޖަޕާނުގެ ކެއިސޫކޭ އޮގާވާގެ އިތުރުން މޮންޓެނީގްރޯގެ ސްޓެފަން މާކޮވިޗް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް