23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ރައްޔިތުންގެ މަޖިލީސް

ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި

  • ޖަލްސާ މެދުކަނޑާލީ އަޑުގަދަކޮށް ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހުރަސް އެޅުމުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 15 ޑިސެންބަރު 2018 | ހޮނިހިރު 14:26 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  7. އަލުން ވޯޓު ގުނުމުން ވެސް، ތިނަދޫ ދެކުނު ޓިކެޓް ސަނީފަށް
  8. ސުއޫދުގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލައިފި


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުރަސް އެޅުމަށް ޕީޕީއެމްގެ ދެ މެމްބަރަކު ދުންމާރި ބޭނުންކުރަނީ -- ވީޑިއޯ ސްކްރީން ޝޮޓް

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ ހޮނިހިރު ދުވަހުގެ 2 ޖަހާއިރު ފެށުމަށްފަހު މެދުކަނޑާލައިފިއެވެ.

ޖަލްސާ މެދުކަނޑާލާފައިވަނީ ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުން މަޖިލީހުގެ މާލަމުގަ އާއި މަޖިލިސްކުރާ ގޭގެތެރޭގައި ދުއްމާރިބޭނުންކޮށް މަޖިލީހުގެ ނިޒާމް ގެއްލޭ ގޮތަށް ހަރަކާތްތެރިވުމުންނެވެ. 

މީގެ ކުރިން އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދުއްމާރި ބޭނުންކުރުމުން، އެކަން ހުއްޓުވުމަށް ގަވާއިދަށް ކުއްލި ބަދަލުތައް ގެނެސްފައިވާއިރު މިއަދުގެ ޖަލްސާ އަށް ހުރަސް އެޅުމަށް ޕީޕީއެމްގެ މެމްބަރުން އަޑުގަދަކުރާ ބޭނުންކުރި ވީޑިއޯއެއް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޓްވީޓްކުރައްވާފައިވެ އެވެ.

މާޒިމްކޮށްފައިވާ ޓްވީޓްކުރައްވާފައިވާ ވީޑިއޯއިން ދުއްމާރި ބޭނުންކުރާ ތަން ފެންނަނީ ބާރަށު ދާއިރާގެ މެމްބަރު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގެވެ. 

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދުއްމާރި ބޭނުން ކުރުމަކީ މަނާކަމެކެވެ. 

މަޖިލީހުގެ ޖަލްސާ އަލުން ފަށާނެ ވަގުތެއް ހާމަކޮށްފައި ނުވާއިރު މަޝްވަރާ ކުރުމަށްފަހު ވަކި ގަޑިއެއް އަންގާނެ ކަމަށް ރިޔާސަތުން ވިދާޅުވި ކަމަށް މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ހިޔާނާތާއި މަރުތައް ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަންތަކަށް ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް