21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ކާނަލް ނާޒިމްގެ މައްސަލަ

ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމްވެސް ބާތިލްކޮށްފި

  • ޑިފެންސް މިނިސްޓަރ ދިރިއުޅުއްވާ ގެއަކަށް ފުލުހުންނަށް ވަދެވޭނީ ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދީގެން
ސިމާހާ ނަސީމް | sim_kamana

| 13 ޑިސެންބަރު 2018 | ބުރާސްފަތި 21:29 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ކާނަލް ނާޒިމް - އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި -- ރާއްޖެއެމްވީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ކުރީގެ މިނިސްޓަރު ނާޒިމަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މީގެ ތިން އަހަރު ކުރިން، 2015 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލަ އެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް ސާބިތުކޮށްފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ނާޒިމް ވިދާޅުވީ އޭނާ ފްރޭމް ކުރުމުގެ ނުބައި ޖަރީމާ ހިންގީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދު ކަމަށާއި އެ ދެބޭފުޅުން އިންސާފްގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

ސިޔާސީ ބޭފުޅުންނަށް ކޮށްފައިވާ ހުކުމްތައް ސުޕްރީމް ކޯޓުން ބާތިލުކޮށް، އެ ބޭފުޅުން މިނިވަންކުރަން ފަށާފައިވަނީ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގެންނެވި ފަހުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުހަންމަދު

3 މަސް ކުރިން

އިންސާފު އިންސާފު މީހަމައިންސާފުބާ؟ އެމީހުން ކުއްސާބިތުވިކަމަންހުކުމްކުރީ އެމީހުންކުއްސާބިތުނުވާކަމަން ހުކުމްއެކުރީ އިންސާފު އިންސާފު

0
0