23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

އައިއެމްޓީއެމް ފެއަރ

އައިއެމްޓީއެމް ފެއަރ އަންނަ އަހަރު ޖޫން މަހު

  • ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބޮލަކަށް 250 ޑޮލަރު ދެއްކުމުން ބައިވެރިވެވޭނެ
ސިމާހާ ނަސީމް | sim_kamana

| 13 ޑިސެންބަރު 2018 | ބުރާސްފަތި 18:36 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


އައިއެމްޓީއެމް ފެއަރ ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- އައިއެމްޓީއެމް

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ފެއަރ އަންނަ އަހަރުގެ ޖޫން މަހު ބާއްވަން ނިންމައިފިއެވެ.

އައިއެމްޓީއެމް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްދާ މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 22 އިން 23 އަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ.

މި ފެއަރ ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސް، ލިވަބޯޑްސް، ޓުއަ އޮޕަރޭޓާސް އަދި ޑައިވިން ސްކޫލުތަކަށް ޕްލެޓްފޯމެއް ހުޅުވައިދިނުން ކަމަށާއި މި ފެއާގައި ރާއްޖެއިން 200 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އައިއެމްޓީއެމް އިން ވަނީ ބުނެފައެވެ.

ފެއަރގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް އައިއެމްޓީއެމްގެ ވެބްސައިޓް www.imtmonline.com/visitorregistration މެދުވެރިކޮށް، ޖެނުއަރީ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މި ޓޫރިޒަމް ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބޮލަކަށް 250 ޑޮލަރު ދެއްކުމުން ބައިވެރިވެވޭނެއެވެ.

އައިއެމްޓީއެމް އިން ބުނީ އަންނަ އަހަރުގެ ފެއަރގައި 25 ގައުމަކުން ރެޕްރެޒެންޓޭޓިވުން އަދި 300 ޓްރޭޑް ވިޒިޓަރުން ބައިވެރިވާނެ ކަމަށެވެ.

މިއަހަރު މި ފެއަރ ބާއްވާފައިވަނީ އަދާރަން ސެލެކްޓް ހުދުރަންފުށި ރިސޯޓުގައެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ ފެއަރ އެންޑޯޒް ވެސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް