23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

މާލޭ ސަރަޙައްދުގެ ދަތުރުފަތުރު

މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް

 • ހަފްތާ ބަންދުގައި ބަސް ޓާމިނަލް އޮންނަނީ ފުރި ބާރުވެފައި
 • ކިޔު ހެދުމުގެ އެއްވެސް އުސޫލެއް ނޯވޭ
 • ބްރިޖު ދަތުރުތަކަށް ޓެކްސީތަކުން 100ރ އަށް ވުރެ ބޮޑު އަދަދެއް ނަގާ
އަމްނާ އިމާދު | @amnabinthimad

| 13 ޑިސެންބަރު 2018 | ބުރާސްފަތި 18:20 | |

މަގުބޫލް

 1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
 2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
 3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
 4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
 5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
 6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
 7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
 8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ހުޅުމާލެ ދިއުމަށް ބަސް ޓާމިނަލްގައި ކިޔު ހަދާފައި -- ރާއްޖެއެމްވީ

ކޮންމެ ހަފްތާ ބަންދަކާއި ދިމާކޮށް މާލެ-ހުޅުމާލެ އަދި ހުޅުމާލެ-މާލެ ފެރީ ޓާމިނަލް މީހުންނާއި ފުރި ބާރުވެ، މަގުމަތީގައި ކިޔު ހެދި ޒަމާން ފާއިތުވެގެން ހިނގައްޖެއެވެ. ސިނަމާލެ ބްރިޖާއި ހައިވޭގެ އެހީގައި، އަމިއްލަ އުޅަނދުތައް ގެންގުޅޭ ފަރާތްތަކަށް ހުޅުމާލެއިން މާލެއަށް ނުވަތަ މާލެއިން ހުޅުމާލެއަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތް މަގުފަހިގެން ހިނގައްޖެއެވެ. ފެރީ ގިމަތައިގެ ކިޔު ހަނދާނުގެ ތެރެއަށް ފޭދިގެން ދިޔަ ނަމަވެސް، ކިޔު ޖެހުމަށް އަދިވެސް ނިމުމެއް ނެތެވެ. އަމިއްލަ އުޅަނދެއް ނެތް މީހާ މިހާރު ޖެހެން ޖެހިފައި މިވަނީ ބަސް ކިޔުގައެވެ. އޭރު ވެސް ތަކުލީފެވެ. މިހާރުވެސް ތަކުލީފޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އާންމު ދަތުރުފަތުރު ތަކަށް ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބްރިޖާއި ހައިވޭ ހުޅުވާލުމާއެކު އެމްޕީއެލުން ވަނީ މާލެ އާއި ހުޅުމާލެ އާއި ދެމެދު ބަހުގެ ޚިދުމަތް ދޭން ފަށާފައެވެ. ބާރު ބޮޑުވާގަޑިތަކުގައި 10 މެނިޓުން ދަތުރެއް ކުރާ ގޮތަށެވެ. އަދި އެ ނޫން ގަޑިތަކުގައި ދަތުރުކުރަން ހަމަޖެހިފައި ވަނީ ކޮންމެ 20 މިނެޓަކުންނެވެ.

މާލެއިން ހުޅުމާލެއަށް ދިއުމަށް މާލޭގެ ސިނާއީ ސަރަޙައްދުގައި ހަދާފައިވާ ވަގުތީ ޓާމިނަލުން ބަހުގެ ޚިދުމަތް ފޯރުކޮށްދޭއިރު، މީގެ ކުރިން ހުޅުމާލެ ދިއުމަށް ފެރީއަށް އަރަން އުޅެންޖެހޭ ހާލަށްވުރެ މި ބަހަށް އަރަން އުޅެންޖެހޭ ހާލު ބޮޑެއެވެ. ހަފްތާ ބަންދު ދުވަހެއް ނަމަ، ޓަރމިނަލް އިމާރާތުގެ ވަށައިގެން އޮންނަނީ ބޮޑު ކިޔުއެކެވެ. މިޝަކުވާތަކަކީ ބަހުން ހުޅުމާލެއަށްދާ ބައެއް ގާތް މީހުންނާއި، ރައްޓެހިންގެ ފަރާތުން އިވޭ އަޑުތަކެވެ. އެހެންކަމުން މިކަން ތަޖުރިބާ ކޮށްލަން އަޅުގަނޑުވެސް ބޭނުންވިއެވެ.

ބަސް ޓާމިނަލްގައި މީހުން ފުނި ޖެހިބާރުވެފައި:ފޮޓޯ ރާއްޖެއެމްވީ

އެއީ މިދިޔަ ހުކުރު ދުވަހެވެ. މަންމަ އާއި ކޮއްކޮ ގޮވައިގެން ހުޅުމާލެ ދިއުމަށް ދިޔައީ ގްރޭޓަރ މާލޭ ބަސް ޓަރމިނަލަށެވެ. 5:20 ގައި ކިޔުގައި ޖެހުނީމެވެ. ކިޔު ބޮޑު ކަމުން އެދުވަހުވެސް އިމާރާތުގެ ވަށައިގެން ދެ ކިޔު ހަދާފައި އޮތެވެ. ނަމަވެސް މި ދެކިޔުގައިވެސް ގިނައިން ތިބީ އަންހެނުންނާއި، ކުޑަ ކުދިންނެވެ. ދެން ބިދޭސީންނެވެ. ދިވެހި ފިރިހެނުން، އަތުން ގުނާލެވޭހައި މަދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެދުވަހު އަޅުގަނޑު ކިޔުގައި ހުރިއިރު އެތަކެއް މަންޒަރުތަކެއް ފެނުނެވެ. ވަރަށް އަސަރު ކުރިއެވެ. ތުއްތު ކުޑަ ކުދިން ކިޔުގައި ތިބެގެން ގިނައިރުވެ ބޮޑާހާކައި ރުއެވެ. ބައެއް އަންހެނުން ތިބެތިބެ ވަރު ބަލިވެގެން ކިޔު ދޫކޮށް ދިޔައެވެ. މީގެ އިތުރުން އެހާމެ ރުޅި އަންނަ ފަދަ މަންޒަރުތައްވެސް ފެނުނެވެ.

ކިޔުގައި ގިނައިން ތިބީ އަންހެނުންނާއި ކުޑަ ކުދިން

ކިޔުގައި އެތައް އިރެއް ވަންދެން ތިބި މީހުން ތިއްބައި، މާ ފަހުން އެތަނަށް އައި ބައެއް ބިދޭސީންގެ ގްރޫޕްތައް ކުރީއްސުރެ ކިޔުގައި ތިބި ބިދޭސީންނާއި ވާހަކަދައްކައިގެން އެމީހުން ތިބި ހިސާބުތަކަށް ކިޔު ފަޅާފައި ވަތްތަން އެތައް ފަހަރަކު ފެނުނެވެ. ނަމަވެސް އެކަމާ އެއްޗެކޭ ބުނާނެ މީހަކު ނުވިއެވެ. ކުޑަމިނުން ކިޔުގެ ކަންކަން ބަލަހައްޓާލާނެ ކަމާއި ބެހޭ މުވައްޒަފަކުވެސް ކިޔުގެ ފަހަތުގައި ނެތްކަން ފާހަގަވިއެވެ.

ކިޔުފަޅާ ލުމަށްފަހު މެދު ދެތެރެއަށް ވަތް ބިދޭސީންތަކެއް

އެދުވަހު 5:20 ގައި ބަހަށް އެރުމަށްޓަކައި ޓާމަނަލްއަށް ވަދެ 7 ޖެހިއިރުވެސް އަޅުގަނޑަށް ބަހަކަށް ނޭރުނެވެ. އެންމެފަހުން މަންމަގެ އެދުމުގެ މަތިން ޓަރމިނަލް ދޫކޮށް މަގުމައްޗަށް ނުކުތީއެވެ.

ދެން އޮތީ ބްރިޖުން ދަތުރުކޮށްދޭ ޓެކްސީގެ ވާހަކައެވެ. ސިނަމާލެ ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރަކަށް 40ރ. އަށް ވުރެ ބޮޑު ފީއެއް ނުގެގޭނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ. އަދި އަގުބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކުގެ ހުއްދަ ބާތިލްކުރާނެ ކަމުގެ އިންޒާރު އެތޯރިޓީން ވަނީ ދީފައެވެ.

ބްރިޖުން ދަތުރު ކުރާ ނަމަ ފީ ގޮތުގައި 100 ރުފިޔާއަށް ވުރެ ބޮޑު ނަގާ
 

ނަމަވެސް މިއަދުވެސް ޓެކްސީ ޑްރައިވަރުން މާލެއިން ހުޅުމާލެއަށް ދިއުމަށް ނުވަތަ ހުޅުމާލެއިން މާލެއަށް އައުމަށް ރައްޔިތުން އަތުން ނަގަނީ 100 ރުފިޔާ އާއި 150 ރުފިޔާ އާއި ދެމެދު އަގުތަކެއްގައެވެ. ގޮތެއް ނެތިގެން ބޮޑު އަގުގައިވެސް ޓެކްސީ ދަތުރު ކުރާ މީހުން މަދެއް ނޫނެއެވެ. ގަވާއިދެއް ހަދައި ޚަބަރުތަކުގެ ފަލަސުރުޚީތަކަށް އަރުވުމަކުން ނުފުދެއެވެ. މިކަން ސަރުކާރުން ހައްލު ކޮށްދޭން ޖެހެއެވެ. ކޮންމެ ދިމާލަކުންވެސް ނިކަމެތިވެގެން މިދަނީ ހަމަ ރައްޔިތު މީހާއެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކާއި، ކުރިއަރަމުން އަންނަ ގައުމަތައް މިސާލަކަށް ބަލައިގެން ރާއްޖެ ތަރައްގީ ކުރަމުން އަންނައިރު އެފަދަ ގައުމުތަކުގައި މިފަދަ ކަންކަމުގައި އަމަލުކުރާ ފަދަ އެއްވެސް އުސޫލެއް މިރާއްޖޭގައި ނެތެވެ. ހުރިހާ ކަމަކަށް މިސާލު ޖަހަމުންދާ ސިންގަޕޫރުގައިވެސް ބަހުގެ ޚިދުމަތް ފޯރުކޮށްދޭއިރު، ފަތުރުވެރިންނާއި، އެގައުމުގެ ރައްޔިތުންނާއި، ކިޔަވާ ކުދިންނަށް ވަކި ވަކި ޓްރެވަލް ކާޑުތަކަކުން އެއްވެސް ބަޔަކަށް ތަކުލީފުނުވާ ގޮތަށް ޚިދުމަތް ދެމުން ގެންދެއެވެ.

ބަސް ނާމިނަލްގައި ބިދޭސީންތަކެއް

ބްރިޖާއެކު މާލޭއާ ހުޅުމާލެ ދެމެދު ދަތުރުކުރަން ފަސޭހަވާނެކަމަށް އުންމީދު ކުރި ނަމަވެސް މިއަދު ދިވެހިންގެ ހިތްތައް މިވަނީ ނުތަނަވަސް ވެފައެވެ. ހަފްތާ ބަންދާ ދިމާކޮށް ފެރީޓާމިނަލްގައި ކިޔުހަދައި އޭރު އުފުލަން ޖެހުނު ތަކްލީފު މިއަދުވެސް މިވަނީ އުފުލަން ޖެހިފައެވެ. ޓަރމިނަލްގައި ވިއްޔާ ކިޔުގައެވެ. ރިންގް ރޯޑްގައި ހަދާފައި ހުރި 'ބަސް ހުއްޓި' ތަކުގައި ނަމަ ބަސް އަންނަންދެން އަވީގައި ކޮޅަށެވެ. އޭރު ވެސް މިހާރު ވެސް ރައްޔިތުންނަށް އުފުލަން މިޖެހެނީ ހަމަ ތަކުލީފެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ahmed

3 މަސް ކުރިން

MVr 40 thee varah bodu olhumeh. Male'in bridge aa hamayah 25 and bridge in H.Male ah 40 and highway end stop to house 25 Equal ???

0
0
އަހްމަދު

3 މަސް ކުރިން

ހަގީގަތުގައި އަޅުގަނޑުމެން ދިވެހިންގެ ހިތްހެޔޮކަން ތަންކޮޅެއް ބޮޑީ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ޚިދުމަތްދިނުމުގައި އެގައުމުގެ ރައްޔިތުންނާއި ބޭރުމީހުން އެއްހަމަނުކުރޭ. ތިއީ އަޖުމަބެލުމުގެ ގޮތުން ހިލޭ ދެމުންދާ ޚިދުމަތެއް. އެކަމަކު ތިޚިދުމަތުގެ ބޭނުން ހިފަން ގޮސް ކިޔޫގައި އެތިބެނީ ދިވެހިންނަށް ވުރެ ގިނައިން ބޭރުމީހުން. އަދި އެމީހުން ދިވެހިންނަށްވުރެ ބާރުގަދަ. އެމީހުންނަށް ވަޒީފާ ދީގެން ރާއްޖެގެނައި ބައެއްގެ ޒިންމާއެއް އެއީީ އެމީހުންގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުން. ރައްޔިތުންނަށް ހިލޭސާބަހަށް ފޯރުކޮށްދޭ ޚިދުމަތެއް އެމީހުން ބޭނުންކުރަންޖެހޭ ސަބަބެއް ނުވިސްނޭ. އަދި ކަމާއިބެހޭ އިދާރާތަކުން އެމީހުންނަށް އެޚިދުމަތް ފޯރުކޮށްދޭ ސަބަބެއް ނޭނގޭ. މިވާހަކަ ދައްކާމީހާ މިތާގަވެސް ގޯސްވާނީ. އިންސާނީ ހައްގުތަކައް އަރައިގަތްކަމަށްބުނެ ކުއްވެރިވާނީ ވާހަކަ ދައްކާމީހާ. އެމީހުން ރާއްޖެގެނައި ސޭޓު އުޅޭނީ ކާރުގައި ވިއްޔާ އޭނަޔަކަށް އުނދަގުލެއް ނުވާނެތާ. ހުރިހާ އުނދަގުލަކާއި ދުއްތުރާއެއް ކުރިމަތިވާނީ އާންމު ރައްޔިތުމީހާއަށް

0
0
ޒައްރަ

3 މަސް ކުރިން

ދިވެހިންނާއި ބިދޭސީން ތަފާތު ވާން ޖެހޭ

0
0