23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ްޤައުމީ ސަލާމަތުގެ ކޮމެޓީ

ދެ ސަފީރަކަށް ރުހުން ނުދިނުމަށް ކޮމެޓީން ފާސްކޮށްފި

  • ޗައިނާގައި ހުންނަވާ ސަފީރަކަށް އައިޝަތު އަޒީމާއަށް ކޮމެޓީން ވަނީ ރުހުންދީފައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 13 ޑިސެންބަރު 2018 | ބުރާސްފަތި 17:51 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ


ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، ރޮޒައިނާ އާދަމް -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ދެ ޤައުމެއްގެ ސަފީރުކަމަށް ކަނޑައެޅުއްވި ބޭފުޅުންނަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ކޮމެޓީން އެގޮތަށް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގަ އެވެ.  

ސަރުކާރުގެ މެޖޯރިޓީ އޮންނަ ޤައުމީ ސަލާމަތުގެ ކޮމެޓީގެ އަޤުލަބިއްޔަތުން ރުހުން ނުދިނުމަށް ނިންމާފައިވަނީ ތައިލެންޑްގައި ހުންނަވާ ސަފީރަކަށް މުހައްމަދު ޖިނާހު، މއ. ތިބްރޯޒް އަދި ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރަކަށް މުހައްމަދު ޚަލީލް، ގ. އުތުރުގެއާގެ އަށެވެ. ޖުމްލަ 3 ބޭފުޅެއްގެ ނަންފުޅު ކޮމެޓީން ދިރާސާކުރިއިރު، ޗައިނާގައި ހުންނަވާ ސަފީރަކަށް އައިޝަތު އަޒީމާ، މ. ބީނާފުށި އައްޔަން ކުރަން ފެންނަ ކަމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. 

ޖިނާހާއި ޚަލީލަށް ރުހުން ދޭން ނުފެންނަ ކަމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމް އެވެ. 

އެ ދެބޭފުޅުންނަށް ރުހުން ނުދިނުމަށް ކޮމޭޓީން ނިންމިނަމަވެސް، އެ ދެ ބޭފުޅުންގެ ނަންފުޅުވެސް މުޅި މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. އަދި އެ ނަންފުޅުތައް މުޅި މަޖިލީހުގެ ތަޅުމުން ތާއީދު ލިބިއްޖެނަމަ އެ ބޭފުޅުން މަޤާމަށް އައްޔަނުކުރާނެ އެވެ. 

މީގެކުރިން ކޮމެޓީން ވަނީ 8 ބޭފުޅަކަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ. އަދި އެ 8 ބޭފުޅުންގެ ނަންފުޅަށް މުޅި މަޖިލީހުންވެސް ވަނީ ތާއީދުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް