25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ކުރީގެ މެމްބަރު ނާޒިމް

ކުރީގެ މެމްބަރު ނާޒިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

  • ނާޒިމް އުމުރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ 2015ގައި
ރިޒުނާ ޒަރީރު | RiznaZareer

| 13 ޑިސެންބަރު 2018 | ބުރާސްފަތި 17:09 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް -- ފޮޓޯ: ޙުސައިން ޙަސަން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

ނާޒިމަށް އިއްވާފައިވާ ހުކުމް ވެސް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ ކުރިން އަމުރުކޮށްފަ އެވެ. ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ކޮށްފައިވާއިރު އެހުކުމް ބާތިލް ކުރުމަށް ނިންމީ ބުރާސްފަތި ދުވަހު ބޭއްވި އަޑު އެހުމުގައެވެ.

ނާޒިމް އުމުރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އެޓޯލްސް މިނިސްޓްރީ އަށް 15000 ދިދަ ހޯދުމަށް ކުރި ބިޑެއް ނާޒިމް ކުންފުނި ނަމިރާ އިންޖިނިއަރިން އާއި އެ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން މަކަރާއި ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ ކުރި ދައުވާ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ސާބިތު ނުވުމާ ކަމަށް ނިންމާފައިވަނިކޮށެވެ.

އޭނާ ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އެއަށް ފަހު އިނގިރޭސި ވިލާތަށް ބަދަލުވެވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތީ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ދާދި ފަހުން އަމުރުކުރުމާ ގުޅިގެންނެވެ.

ސިޔާސީ ބޭފުޅުންނަށް ކޮށްފައިވާ ހުކުމްތައް ސުޕްރީމް ކޯޓުން ބާތިލުކޮށް، އެ ބޭފުޅުން މިނިވަންކުރަން ފަށާފައިވަނީ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގެންނެވި ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

what a joke!

4 މަސް ކުރިން

Every tom, dick & harry is immune in the govt`? what a joke!

0
0