16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ބޭންކް އޮފް މޯލްޑިވްސް

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

  • ދުވާލަކު 200 ކަސްޓަމަރުންނަށް ޑޮލަރު ދޫކޮށްފައިވޭ
  • ނަހަމަ ގޮތުގައި ޑޮލަރު ހޯދަން އުޅުން ހުއްޓުވިއްޖެ
ރިޒުނާ ޒަރީރު | RiznaZareer

| 10 ފެބުރުވަރީ 2017 | ހުކުރު 03:42 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ބޭންކް އޮފް މޯލްޑިވްސް ޑޮލަރު ދޫކުރާ ކައުންޓަރު -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ވޭތިވެދިޔަ އެއްމަސް ދުވަހުތެރޭ، 7000  ދަތުރުވެރިން ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

 

ޑޮލަރު ދޫކުރުމަށް އެއަރޕޯޓްގައި ގާއިމްކޮށްފައިވާ ކައުންޓަރުން އެވްރެޖްކޮށް ދުވާލަކު 200 ކަސްޓަމަރުންނަށް ޑޮލަރު ދޫކޮށްފައިވާ ކަމަށް ބީއެމްއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

 

ޑޮލަރު ވިއްކުމުގެ އާ ނިޒާމަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގައެވެ. ބޭންކުންވަނީ މި ނިޒާމުގެ ތެރެއިން ޑޮލަރު ގަނެގެން ރާއްޖެއިން ބޭރަށް ދަތުރުކުރި ފުރަތަމަ ދިހަ ދަތުރުވެރިންނަށާއި އެއްހާސް ވަނަ ކަސްޓަމަރަށް ބޯނަސް ގިފްޓެއްގެ ގޮތުގައި މީހަކަށް 100 ޑޮލަރު ހަދިޔާކޮށްފައެވެ.

 

ބީއެމްއެލްގެ އޮންލައިން ބުކިންގ ނިޒާމުގެ ސަބަބުން ޑޮލަރު ގަތުމަށް ބޭންކްތަކުގެ ބޭރުގައި ކިޔޫ ހަދައިގެން ތިބެންޖެހުން ނިމުމަކަށް އައިސް އާންމުންގެ ބޮޑު ތަރުހީބެއް މި ނިޒާމަށް ލިބުނު ކަމަށާއި އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އަވަހަށް އެއަރޕޯޓުން ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ދިޔަ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

 

އެއަރޕޯޓުން ޑޮލަރު ދޫކުރަން ފެށުމުން މި ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން އެއްކޮށްހެން ހުއްޓުވާލެވި، މިގޮތަށް ދޫކުރާ ޑޮލަރު ލިބެނީ އަސްލު ދަތުރުވެރިންނަށްކަން ކަށަވަރުވެގެން ދިޔަ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. 

 

ބޭންކުން ދަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ދުވަސްވީ މީހުންނަށް ޑޮލަރު ދޫކުރުމުގައި ޚާއްސަ އިސްކަމެއް ދެމުން ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް