16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ވޮލީބޯލް

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

  • އަންނަ ހަފްތާގައި ފަރިތަކުރުންތައް ފެށޭވަރު ވާނެ
  • ސެންޓްރަލް ޒޯން މުބާރާތަކީ ރާއްޖެއާ ރައްޓެހި މުބާރާތެއް
  • މިފަހަރު މެޑައްޔެއް ހޯދުމަށް ކުރެވޭ އުންމީދު ބޮޑު
ނާފިއު ރަޝީދު | NaphiuR

| 10 ފެބުރުވަރީ 2017 | ހުކުރު 02:44 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ގައުމީ ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން -- ރާއްޖެއެމްވީ

ގައުމީ ފިރިހެން ވޮލީ ޓީމްގެ ފަރިތަކުރުންތަށް މިއަންނަ ހަފްތާގެ ތެރޭގައި ފެށޭވަރުވާނެ ކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއަންނަ މަހުގައި ފެށުމަށް ހަމަޖެހިފައިވާ އެފްއައިވީބީ ވޯލްޑް މެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފިކޭޝަން މުބާރާތަކީ މިހާރު ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމް އެންމެ އިސްކަންދޭ މުބާރާތް ކަމަށެވެ.

މިއަންނަ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓަރަލް ޒޯން ކޮލިފިކޭޝަން މުބާރާތަކީ ރާއްޖެއާ ރަހުމަތްތެރި މުބާރާތަކަށްވާ އިރު ކޮންމެ ފަހަރަކުވެސް ރާއްޖެއިން މިމުބާރާތާ ކުރިމަތިލަނީ ރަން މެޑައްޔެއް ހޯދުމުގެ އަޒުމުގަ އެވެ. އެގޮތުން މިފަހަރުގެ މުބާރާތް އަމިއްލަ ގައުމުގައި ކުރިއަށްދާތީ ރަން މެޑައްށް ކުރެވޭ އުއްމީދު ކުރިއަށް ވުރެއް ބޮޑެވެ.

ވީއޭއެމުން ބުނީ މި މުބާރާތުގެ ކުރިން ގައުމީ ޓީމް ކޭމްޕް ކުރުމަށް ވިސްނަމުންދާ ކަމަށާ އަދި ގައުމީ ޓީމްގެ ކޯޗާ ގުޅިގެން ކޭމްޕްގެ ކަންތަށްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެފްއައިވީބީ ވޯލްޑް މެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފިކޭޝަން މުބާރާތް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ސެންޓަރަލް ޒޯންގެ ބައްދަލުވުމުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް