18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ފުޓުބޯޅަ

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

 • ނިއުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ގަލާޑޯ އަދި ސުހައިލް
 • ވިކްޓްރީގެ ގޯލު ކާމިޔާބުކޮށްދިނީ ކެރިކް
 • ހުރިހާ ޓީމުތަކުން ވެސް އަންނަނީ އެކުވެރިކަމުގެ މެޗުތައް ކުޅެމުން
ނާފިއު ރަޝީދު | NaphiuR

| 10 ފެބުރުވަރީ 2017 | ހުކުރު 02:39 | |

މަގުބޫލް

 1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
 2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
 3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
 4. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
 5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
 6. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
 7. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ
 8. އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް!


ނިއު ރޭޑިއަންޓާއި ވިކްޓްރީ ބައްދަލުކުރި އެކުވެރިކަމުގެ މެޗު -- ރާއްޖެއެމްވީ

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުޅެވެމުންދާ އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.

މާފަންނު ސްޓޭޑިއަމްގެ އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިއުއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސްފައި ނުވާއިރު، ދެޓީމުން ވެސް ލަނޑުޖެހުމަށް ފުރުސަތުތައް ތަނަވަސް ކޮށްފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑެއްޖަހައި ލީޑު ނެގީ ނިއު އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ސުހައިލް (ބަމްޕުޗް) އެވެ. މި ލަނޑަށްފަހު ރަނގަޅަށް ކުޅެމުންދިޔަ ނިއުއަށް އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯ ވަލްޑެސް އެވެ.

ނިއުއިން ދެ ލަނޑުގެ ލީޑަކާއެކު މެޗު ޑޮމިނޭޓް ކުރަމުންދަނިކޮށް ވިކްޓްރީން ވަނީ އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކެރިކް އަންދްރޭ އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެކި ޓީމުތައް އެކުވެރިކަމުގެ މެޗުތައް ކުޅެމުންދާ އިރު، ނިއު ވަނީ މިހާތަނަށް ހަތަރު މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ދެ މެޗުން މޮޅުވި އިރު އެއް މެޗުން އެއްވަރުވެ އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. އަދި ވިކްޓްރީ ވަނީ މިދިޔަ ހަފްތާގައި މާޒިޔާއާ ވާދަކުރި މެޗުން 0-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް