18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ސިޓީ ކައުންސިލުގެ ބާރުތައް

އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި

  • ބާރުތައް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު
  • ސިޓީ ކައުންސިލުގެ ބާރުތަކާއި ބައެއް ހިދުމަތްތައް އަލުން އެ ކައުންސިލުތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައެޅީ މިއަދު
ސިމާހާ ނަސީމް | sim_kamana

| 11 ޑިސެންބަރު 2018 | އަންގާރަ 18:39 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ވަޒީރުންގެ މަޖިލީހުންގެ ޖަލްސާ -- ރައީސް އޮފީސް

ސިޓީ ކައުންސިލްތަކަށް އަނެއްކާވެސް އިތުރު ބާރުތަކާއި ބައެއް ހިދުމަތްތައް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތައް އަލުން ސިޓީ ކައުންސިލްތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވަނީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ސިޓީ ކައުންސިލަށް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ބާރުތަކުގެ ތެރޭގައި، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި ފަރާއި ފަޅު ހޯދުމާއި، އެފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި އެފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އެ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކު ކުރުން ހިމެނެއެވެ. އަދި، ޢާންމު ފަރުދުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި، ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލްތަކާއި ހަވާލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އެގޮތުން، ސަރުކާރުގެ ވުޒާރާތަކަށް ދިނުމަށް، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވަނީ އެ ވުޒާރާއަކުން ކަނޑައަޅުއްވާ އުޞޫލުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކުރީގެ ސަރުކާރުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށްފައި އޮތް އޮތުމަށް ނިމުމަކަށް ގެނެސް، ސިޓީ ކައުންސިލްތަކަށް ބާރުތައް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

ސިޓީ ކައުންސިލްތަކުގެ ބާރުތައް އެއްފަހަރާ ދިނުމުގެ ބަދަލުގައި ދެމުން ދަނީ އެކި ބާރުތައް ވަކިވަކިންނެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައިވެސް ކޮންމެވެސް ބާރުތަކެއް ކައުންސިލްތަކަށް ދަނީ ދެމުންނެވެ. ގިނަ ބާރުތަކެއް އެއް ފަހަރާއި ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާއިރު، އަނބުރާ އެބާރުތައް ދިނުމުގައި މިހާރުގެ ސަރުކާރުން ލަސްކުރުންތަކެއް ގެންގުޅޭތީ ބައެއް ސިޓީ ކައުންސިލަރުން ގެންދަނީ ފާޑުކިޔަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް