21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

އެމެރިކާ - ދިވެހިރާއްޖެ

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ދެކުނު އޭޝިއާ ސަރަހައްދާއި ބެހޭ އިސްވެރިޔާ އާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

  • ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި، ޤާނޫނުގެ ވެރިކަން ހިންގުމާއި އިންސާނީ ހައްޤުތަކާއި އަދި ހެޔޮވެރިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި
މިއުވާން މުހައްމަދު | Miuvaan

| 11 ޑިސެންބަރު 2018 | އަންގާރަ 18:19 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


މިނިސްޓަރ ޝާހިދު (ކ) ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ރޭންޒް (ވ) އާއިއެކު -- ފޮރިން މިނިސްޓްރީ

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ދެކުނު އަދި މެދުތެރޭ އޭޝިއާ އާއި ބެހޭ އެންމެ އިސްވެރިޔާ، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ޑޭވިޑް ޖޭ. ރޭންޒް އާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހު ޚާރިޖީ ވުޒާރާގައެވެ. ޚާރިޖީ ވުޒާރާ އިން މައުލޫމާތު ދޭ ގޮތުގައި މި ބައްދަލުވުމުގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި، ޤާނޫނުގެ ވެރިކަން ހިންގުމާއި އިންސާނީ ހައްޤުތަކާއި އަދި ހެޔޮވެރިކަމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. 

މިނިސްޓަރ ޝާހިދުގެ އިތުރުން ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާއި ވެސް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރޭންޒް ބައްދަލުކުރައްވާނެއެވެ. އޭނާ ރާއްޖެ ވަޑައިގެންފައި ވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި ހޯމަ ދުވަހުއެވެ. ރޭންޒް، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީކަމާއި ހަވާލުވެވަޑައިގަތީ އޮކްޓޯބަރު މަހުއެވެ. 

ރޭންޒް އާއިއެކު މިނިސްޓަރ ޝާހިދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ފޮރިންގ މިނިސްޓްރީ

އެމެރިކާއިން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިއަހަރު ހިނގި ކަންކަން ވަރަށް ކައިރިން ބަލާފައެވެ. އެގޮތުން 1 ފެބްރުއަރީގެ ކޯޓު އަމުރާއި، އޭގެ ފަހުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމާއި އެކަމާއި ގުޅިގެން ހިނގި ކަންކަމުގައި ރައީސް ޔާމީންގެ ސަރުކާރުން އަމަލުކުރަމު ދިޔަގޮތާއި މެދު ހިތްހަމަނުޖެހިގެން އެމެރިކާއިން އިންޒާރުތައް ދީ، ބަޔާންތައް ނެރެފައިވެއެވެ.

ރޭންޒްގެ އިތުރުން އެހެން ބައެއް ފަރާތްތަކާއިއެކުވެސް މިނިސްޓަރ ޝާހިދު ވަނީ އަންގާރަ ދުވަހު ބައްދަލުކުރައްވާފައެވެ. އެގޮތުން ޔޫ.އެން.އެފް.ޕީ.އޭގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ރިޓްސޫ ނަކެންއާއި ބައްދަލުކުރައްވައި، އެޖަމްއިއްޔާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. 

މިނިސްޓަރ ޝާހިދު، ރިޓްސޫ ނަކެންއާއިއެކު. ފޮޓޯ: ފޮރިންގ މިނިސްޓްރީ

އަދި މީގެ އިތުރން މޯލްޑިވްސް - އިންޑިއާ ކޮންސިއުލަރ ޓޯކްސްގެ ދެވަނަ ބުރުގައި އިންޑިއާ ސަފީރާއި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއިއެކު މަޝްވަރާކުރެއްވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް