18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ދިވެހިރާއްޖެ - އިންޑިއާ

ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންގެ ޝަކުވާތައް އަޑުއަހައި، މައްސަލަ ހައްލުކޮށްދޭނަން: ޝާހިދު

  • އިންޑިއާ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ
މިއުވާން މުހައްމަދު | Miuvaan

| 11 ޑިސެންބަރު 2018 | އަންގާރަ 17:58 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު -- ފޮރިން މިނިސްޓްރީ

ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންގެ ޝަކުވާތައް އަޑު އައްސަވައި، އެމީހުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

'މޯލްޑިވްސް - އިންޑިއާ ކޮންސިއުލަރ ޓޯކްސް'ގެ ދެވަނަ ބުރު ފައްޓަވައިދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ އިންޑިއާ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ، ދިވެހިންގެ އާއްމު ދިރިއުޅުމާއި އިޤްތިޞާދީ ހަރަކާތްތަކުގައި ބައިވެރިވާ އެތައް ހާސް އިންޑިއާ ރައްޔިތުންނެއްގެ ދިރިއުޅުން ރަނގަޅުކުރަން ތައްޔާރަށް ތިބިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ފޮރިންގ މިނިސްޓްރީ

މި މަޝްވަރާތަކުގެ ބޭނުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި، އެޤައުމުގައި ދިރިއުޅޭ ނުވަތަ ޒިޔާރަތްކުރާއިރު ދިމާވާ މައްސަލަތަކައް ހައްލެއް ހޯދުމަށް ބާއްވާ މަޝްވަރާތަކެކެވެ. 

އިންޑިއާ އާއި ދިވެހިރާއްޖޭއާއި ދެމެދު ފަހަކަށް އައިސް ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ފާއިތުވި 5 ވަރަކަށް އަހަރު ގުޅުން ގޯސްވެފައިވީނަމަވެސް، މިހާރު ދެޤައުމުގެ ގުޅުމަށް އައު ދުވަހެއް ފެށިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. 

އިންޑިއާ ސަފީރު މިޝްރާ (ވ-2) އިންޑިއާގެ ވަފުދާއިއެކު މަޝްވަރާތަކުގައި. ފޮޓޯ: ފޮރިންގ މިނިސްޓްރީ

މި މަޝްވަރާތަކުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަމިތު ނަރަންގް އާއި މާލޭގައި ހުންނަ އިންޑިއާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދެކުނު އޭޝިއާގެ ހުރިހާ ޤައުމަކަށް ވަޑައިގެންނެވިނަމަވެސް، ރައީސް ޔާމީންގެ ވެރިކަން ނިމެންދެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގެންފައެއް ނުވެއެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް، ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. އަދި މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރަސްމީ ހައިސިއްޔަތުން ރައީސް ސޯލިޙް އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ބޮޑުވަޒީރު މޯދީއާ ރައީސް އޮފީހުގައި ބައްދަލުކުރެއްވުމެވެ. 

ރައީސް ސޯލިޙް ރާއްޖެއަށް ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިމަހުގެ 17 ވަނަ ދުވަހު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި އިންޑިއާ އާއިއެކު އާ ވިސާ އެގްރިމެންޓެއްގައި ސޮއެކުރައްވާނެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ޝާހިދުވެސް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންފައިވަނީ އިންޑިއާއަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮކީ

1 މަސްކުރި

ފުރަތަމަ ދިވެހިންގެ ކަންކަން ރަނގަޅުކޮއްދީބަލަ މިއަދުވެސް މެޑީލް ވިސާއެއް ހޯދަންގޮސް އިންޑީޔާ އެންބަސީގަ އުޅުންހާލު އިނގޭނީ މަށަކައްނުންތަ؟؟ ބަދަލެއްނުވޭ އަދިވެސް ކުރަނީ ހަމަ ޖެއްސުން

0
0