21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

އެންޓި ކޮރަޕްޝަން ކޮމިޝަން

އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ

  • މައްސަލައިގެ ތަހުގީގަށް 5681 ޑޮކިއުމެންޓު ކޮމިޝަނުން ދިރާސާ ކުރި
  • ފައިސާ އަމިއްލަ 155 ފަރާތެއްގެ އެކައުންޓަށް ޖަމާވި
ދާނިޝް ނިޡާމް | Dhaanish_Nizam

| 11 ޑިސެންބަރު 2018 | އަންގާރަ 17:54 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


އޭ.ސީ.ސީ ގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު -- އާކައިވް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ މައްސަލައަކީ ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަކަމަށާއި، އެފައިސާ 155 މީހެއްގެ އެކައުންޓަށް ވަންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއައްވިޒް ވިދާޅުވީ ފާއިތުވި ދެ އަހަރު ތެރޭގައި އެ ކޮމިޝަނަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއް މައްސަލައަކީ އެމް.އެމް.ޕީ.އާރު.ސީގެ މައްސަލަކަމަށާއި، އެ މައްސަލަ ތަހުގީގު ކުރުމަށް ވަރަށް ގިނަ ވަގުތުތަކެއް ހޭދަވެފައި ވާކަމަށެވެ. ޓުއަރިޒަމް މިނިސްޓްރީ, އެމް.އެމް.ޕީ.އާރު.ސީ އަދި އަމިއްލަ ފަރާތްތަކެއްގެ މައްޗަށް މި މައްސަލަ ތުހުމަތު ކުރެވިފައިވާ ކަން ފާހަގަކުރައްވައި މުއައްވިޒް ވިދާޅުވީ ފަޅު ރަށްތަކާއި ފަޅުތަކާއި ގުޅޭ 57 ތަނެއް 49 އެގްރީމެންޓުގެ ދަށުން ކުއްޔަށް ދެވުނުކަމަށާއި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިކަންތައް ކުރިޔަށް ގެންދިޔަކަމަށެވެ. މީގެއިތުރުން މުއައްވިޒު ވިދާޅުވީ މިކަންތައް ކޮށްފައި ވަނީ ޓުއަރިޒަމް މިނިސްޓްރީގެ ގަވާއިދާއި އެމް.އެމް.ޕީ.އާރު.ސީގެ މެންޑޭޓުން ބޭރުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މުއައްވިޒު ވިދާޅުވީ ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރިކަން ފާހަގަކުރެވުނު ކަމަށާއި އަދި އެފައިސާ އަމިއްލަ 155 ފަރާތެއްގެ އެކައުންޓަށް ޖަމާވިކަން ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށެވެ. މީގެ އިތުރުން ނަގުދު ފައިސާ އިން ވެސް ކުންފުނީގެ އެކައުންޓުން ނަގަފައިވާކަމަށް މުއައްވިޒް ވިދާޅުވިއެވެ. ގިނަ ރަށްތަކަކީ އެގްރީމެންޓެއް ހަދައި އެކުއިޒިޝަން ފީއެއް ދެއްކުމަށްފަހު އެއްބަސްވުން ހެދިފައިވާ ރަށްތަކެއް ކަމަށާއި 3 ރަށަކާއި 2 ފަޅެއް އެއްވެސް ފީ އަކައި ނުލައި އެގްރީމެންޓު ހަދާފައިވާ ކަމަށް ވެސް މުއައްވިޒް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގެ ކޮމިޝަނުން، ތަހުގީގަށް 5681 ޑޮކިއުމެންޓު ދިރާސާ ކޮށްފައިވެއެވެ. މީގެއިތުރުން 163 ފަރާތެއްގެ އެކައުންޓު ބަލައި 28،448 އެކައުންޓުގެ ސްޓޭޓްމެންޓު ދިރާސާކޮށް މުހިންމު ހެކިތައް 73 އިދާރާއަކުން ހޯދައި ދައުލަތުގެ 6 އިދާރާއެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޓީމެއް މަސަތްކަތް ކުރިކަމަށް މުއައްވިޒް ވަނީ ވިދާޅުވެފައެވެ. 27 އޮކްޓޯބަރ 2015 ގައި މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު 57 ތަނެއްގެ ތަހުގީގު ފުރިހަމަ ކޮށް ޕްރެސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައި ވަނީ 10 އޮގަސްޓް 2017 ގައެވެ. މި މައްސަލަ ދިރާސާ ކުރުމަށް 118 ފަރާތެއްގެ 564 ބަޔާން ނެގުމުގައި ކޮމިޝަނުގެ އިންވެސްޓިގޭޓަރުން 700 ގަޑިއިރު ހޭދަކުރިކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ބޮޑު ހުސޭނު

3 މަސް ކުރިން

ހަހާ.. އަނގަފެޅީ ދޯ... ޕިސްޕިސް

0
0