20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޔެލޯ ވެސްޓް މުޒާހަރާ

މިނިމަމް ވޭޖް ބޮޑުކުރަން ފްރާންސްގެ ރައީސް ވައުދުވެ ވަޑައިގެންފި

  • މިނިމަމް ވޭޖް އިތުރުކުރަނީ 7 އިންސައްތަ
އަބުދުﷲ މުހައްމަދު | 8Abbo

| 11 ޑިސެންބަރު 2018 | އަންގާރަ 08:00 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ޔެލޯ ވެސްޓް މުޒާހަރާގެ ބައިވެރިންތަކެއް މެކްރޮންގެ ތަގުރީރު ބަލަނީ -- ރޮއިޓަރސް

ފްރާންސްގައި އެތައް ހަފްތާތަކެއް ވަންދެން ކުރިޔަށް ގެންދިޔަ ހަމަނުޖެހުން ބޮޑު މުޒާހަރާތަކަށްފަހު އެންމެ ފަހުން އެ ގައުމުގައި އަސާސީ މުސާރައިގެ ގޮތުގައި ދެވޭ އެންމެ ދަށްމިންވަރު ބޮޑުކޮށް، ނެގުމަށް ރޭވި ޓެކްސް ނެގުން މަޑުޖައްސާލަން ރައީސް އެމަނުއެލް މެކްރޮން ނިންމަވައިފިއެވެ.

ތެލުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދިރިއުޅުމުގެ އަގުތައް މައްޗަށްދިއުމާއި، އަދި އެހެނިހެން މައްސަލަތަކާހުރެ ފްރާންސްގައި ޖެހިޖެހިގެން ހަތަރު ހަފްތާގެ ހަފްތާބަންދުގައިވަނީ މުޒާހަރާކޮަށްފައެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވަމުން މެކްރޮންވަނީ މުޒާހަރާތަކުގައި ހިންގި ހަމަނުޖެހުންތައް ކުށްވެރިކުރައްވާފައެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވީ މުޒާހަރާކުރި ފަރާތްތަކުގެ ނުރުހުމަކީ ފުން އަދި އެތައް ގޮތަކުން ބަލާއިރު ސައްހަ ޑިމާންޑްތަކެއްކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މުސާރައިގެ ގޮތުގައި ދެވޭ އެންމެ ދަށްމިންވަރު 2019އިންފެށިގެން މަހަކަށް 100 ޔޫރޯ ބޮޑުވާނެކަމަށެވެ.

މަދުން އާމްދަނީލިބޭ ޕެންޝަނަރުންގެ އަތުން ނެގޭ ޓެކްސް ބޮޑުރުމަށް އޮތް ޕްލޭން ކެންސަލްކޮށް، އިތުރު ގަޑީގެ އިނާޔަތުގެ ގޮތުގައި ދެވޭ ފައިސާއިން ޓެކްސް ނުނަގައި އަދި އަހަރީ ބޯނަސްގެ ގޮތުގައި މުވައްޒަފުންނަށް ދޭ އެލަވަންސްތަކަކީވެސް ވަޒީފާ ދޭ ފަރާތުގެ އަތުން ޓެކްސް ނުނެގޭނެ އެއްޗެއްކަމަށް ހެދިގެންދާނެކަމަށް މެކްރޮން ވިދާޅުވިއެވެ.

ނަމަވެސް އެ މަނިކުފާނުވަނީ މުއްސަނދިންގެ އަތުން ނެގޭ ޓެކްސް އިތުރު ކުރެއްވުމަކީ އެެކަމުގެ ސަބަބުން އިގްތިސާދަށް ނިކަމެތިކަން އަންނާނެ ކަމެއްކަމަށާ ވަޒީފާ އިތުރު ކުރަންޖެހޭކަމަށް ވިދާޅުވެފައެެއެވެ.

މުސާރައިގެ ގޮތުގައި ދެވޭ އެންމެ ދަށްމިންވަރު އިތުރުވެގެންދާނީ 7 އިންސައްތަ ކަމަށްވާއިރު އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ވަޒީފާދޭ އާއްމު ފަރާތްތަތަކަށްވުރެ ސަރުކާރަށެވެ.

ސަރުކާރުގެ ވަޒީރެއްކަމަށްވާ އޮލީވިއަރ ޑުސޮޕްޓް ބީއެފްއެމްޓީވީގައި ވިދާޅުވީ މުސާރަ ބޮޑުކުރުމަށް ޖުމްލަ ހިނގާނެ ޚަރަދެއްކަމަށް ބެލެވެނީ 8 ބިލިއަން ޔޫރޯއާއި 10 ބިލިއަން ޔޫރޯއާދެމެދުކަމަށެވެ.

އޭނާ ވިދާޅުވީ މިހާުރު ބަލަމުންދަނީ އެކަންކަން ހަމައަކަށް އަޅުވައި އެކަމަށް ޚަރަދުކުރާނެ ގޮތް ބެލުމުގެ މަސައްކަތްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް