20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ބްރެކްސިޓް

ބްރެކްސިޓް ވޯޓާ ގުޅޭ ވޯޓް މަޑު ޖައްސާލައިފި

  • ޖެނުއަރީ 21ގެ ކުރިން ވޯޓު ނަގާނެ ކަމަށް މޭ ވިދާޅުވި
އަމަން ހަލީމް | soupized

| 11 ޑިސެންބަރު 2018 | އަންގާރަ 00:02 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ -- މެޓްރޯ ޔޫކޭ

އިނގިރޭސިވިލާތުގެ ޕާލިމަންޓުގައި އަންގާރަ ދުވަހު ނަގަން ހަމަޖެހިފައި އޮތް "ބްރެކްސިޓް" ގެ އެއްބަސްވުމާއި ބެހޭ ވޯޓު ނެގުން ބޮޑުވަޒީރު ތެރީސާ މޭ މަޑުޖައްސާލައްވައިފިއެވެ.

މޭ ވިދާޅުވީ މިހާރު ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުން އެއްބަސްވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. މިހާރު މިއޮތް ގޮތަށް މި އެއްބަސްވުން ތަސްދީގު ކުރަން ޕާލިމަންޓުގެ ތަޅުމުގައި ވޯޓަށް އަހައިފިނަމަ ފާސް ނުވާނެކަން ގަބޫލުކުރައްވާ ކަމަށް ވެސް އެކަމަނާ ވަނީ އިއުތިރާފު ވެވަޑައިގަންނަވާފައެވެ.

މި ނިންމުމާއި ދޭތެރޭ ނުރުހުން ފާޅުކޮށް އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ މޭގެ އަތް ދަށުން މިކަމުގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ. ޕާލިމަންޓުގައި ތިބި ގިނަ މެމްބަރުން ވަނީ މި ނިންމުމާއި ދެކޮޅު ހަދާފައެވެ.

މޭ މިގޮތަށް ނިންމާފައި މިވަނީ އެތައް ދުވަހެއް ވަންދެން ވޯޓު ކުރިޔަށް ދާނެކަމަށް ސަރުކާރުގެ ފަރާތުން ބުނަމުން ދިޔުމަށް ފަހުގައެވެ. މި ވޯޓު ނެގުން ޖެނުއަރީ 21ގެ ކުރިން އޮންނާނެ ކަމަށް މޭ ވަނީ ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ މާޗު މަހުގެ 29ގެ ކުރިން އިނގިރޭސި ވިލާތް އީޔޫއިން ވަކިވާނެ ކަމުގެ ޔަގީންކަން ވެސް މޭ ވަނީ އަރުވާފައެވެ.

ބްރެކްސިޓްއަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެގައުމުގެ ރައްޔިތުން 2016 ވަނަ އަހަރު ނެގި "ބްރިޓިޝް އެގްޒިޓް" ވޯޓަށް ދެވުނު ނަމެކެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ނިންމީ އެ ގައުމުގެ އިގްތިސާދަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ. ނަމަވެސް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ އިގްތިސާދަށް އެންމެ ރަނގަޅު ގޮތަކީ އީޔޫގައި ދެމިއޮތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް