13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ސޯމާލިއާ

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

  • ވޯޓުލުން ފޯރިގަދަކޮށް ކުރިއަށް ދިޔައިރު ވޯޓްގެ ފުރަތަމަ ބުރުގައި 88 ވޯޓްގެ ތަފާތުން ކުރި ހޯއްދެވީ މިހާރުގެ ރައީސް ހަސަން ޝައިޚް މުހަންމަދު
އަހުމަދު އަނޫޝު | IamAhmedAnoosh

| 9 ފެބުރުވަރީ 2017 | ބުރާސްފަތި 20:39 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ސޯމާލިއާގެ އާ ރައީސް މުހަންމަދު އަބްދުﷲ ފަރްމަޖޯ -- ގޫގުލް

ސޯމާލިއާގެ ރައީސްކަމުގެ ހުވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފިއެވެ.

ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އާ ރައީސް ހުވާ ކުރެއްވިއިރު ރިޔާސީ އިންތިޚާބު ބޭއްވުނީ ސޯމާލިއާގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޝަބާބްގެ ހަނގުރާމަވެރިން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމުގެ ގޮތުން ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައިވާ ސަރަހައްދެއްގައެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ވެރިރަށް މޮގަދިޝޫގެ އެއާޕޯޓްގެ ހޭންގަރުގައެވެ. ސޯމާލިއާގައި ރައީސަކު ހޮވުމަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ ބަދަލުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައެވެ. ރައީސަކު ހޮވުމަށް ބޭއްވުނު އިންތިޚާބުގައި ތިން ބޭފުޅަކު ވާދަކުރެއްވިއިރު، އެ ތިން ބޭފުޅުންނަކީ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯއާއި، ސޯމާލިއާގެ މިހާރުގެ ރައީސް ހަސަން ޝައިޚް މުހަންމަދުގެ އިތުރުން، ކުރީގެ ރައީސް ޝަރީފް ޝައިޚް އަހްމަދެވެ.

ވޯޓުލުން ފޯރިގަދަކޮށް ކުރިއަށް ދިޔައިރު ވޯޓްގެ ފުރަތަމަ ބުރުގައި 88 ވޯޓްގެ ތަފާތުން ކުރި ހޯއްދެވީ މިހާރުގެ ރައީސް ހަސަން ޝައިޚް މުހަންމަދުއެވެ. އެހެން ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ މިންވަރަށް ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ލިބިވަޑައި ނުގެންނެވުމުން ދެވަނަ ބުރަކަށް ވޯޓުލުން ކުރިއަށް ދިޔައިރު ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯއަށް އަގުލަބިއްޔަތު ލިބިވަޑައި ނުގެންނެވި ނަމަވެސް އޭނާއަށްވަނީ 184 ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ހަސަން ޝައިޚް މުހަންމަދަށް ލިބިވަޑައިގެންނެވީ 97 ވޯޓެވެ. ރަައީސް ދެވަނަ ބުރުގެ ނަތީޖާއާއެކު ވޯޓްގެ ތިންވަނަ ބުރަކަށް ދާން ތައްޔާރުވަނިކޮށް ރައީސް އިންތިޚާބުގެ ބަލި ގަބޫލު ކުރެއްވުމާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މުހަންމަދު އަބްދުﷲ ފަރްމަޖޯކަމަށް ވަނީ ކަނޑައެޅިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް