22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ތިއަރީ އޮންރީ

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

  • ޖިރޫ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް: އޮންރީ
  • ޖިރޫއާ ބެހޭގޮތުން ގޯސް އެއްޗެއް ބުނެފައިނުވާނެ: އޮންރީ
ލީވާން އަލީ | MrLeevaan

| 9 ފެބުރުވަރީ 2017 | ބުރާސްފަތި 20:26 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އާސެނަލްގެ ފޯވާޑް ޖިރޫ (ވ) އަދި ލެޖެންޑް އޮންރީ (ކ) -- ގޫގުލް

އާސެނަލް އަށް ކުޅެމުން އަންނަ ޖިރޫއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި، އޭނާއާއެކު އެ ކްލަބުގައި ކުޅެން ބޭނުންވާ ކަމަށް އާސެނަލްގެ ލެޖެންޑް ތިއަރީ އޮންރީ ބުނެފި އެވެ.

ފްރާންސް ނޫހަކަށް ދިން އިންޓަވިއުއެއްގައި އޮންރީ ބުނީ ދުވަހަކުވެސް ޖިރޫއާ ބެހޭ ގޮތުން ގޯސް އެއްޗެއް ބުނެފައި ނުވާނެ ކަމަށާއި، ޖިރޫގެ ކުޅުމާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ. އެގޮތުން އޭނާ ބުނީ އާސެނަލްއަށް ލީގު ޗެމްޕިއަންކަން ހޯދިދާނެ ކަމަށް ގަބޫލުކުރެވޭތޯ ކަމަށް ބުނެ، އޭނާއާ ވަރަށް ފަހުން ސުވާލުތަކެއް އަމާޒުވި ކަމަށާއި، އެ ސުވާލުގެ ރައްދަކަށް ލީގު ކާމިޔާބުކުރި ނަމަވެސް ޖިރޫއަކީ އާސެނަލްއާއެކު ޗެމްޕިއަންކަން ހޯދާ ހަމައެކަނި ފޯވާޑް ނޫން ކަމަށް ބުނެފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް އޮންރީ ބުނީ އެއީ ޖިރޫއަށް ފާޑުކިޔުމުގެ ގޮތުން ބުނި ވާހަކައެއް ނޫން ކަމަށާއި، އޭގެ ހަފްތާތަކެއް ކުރިން ޖިރޫއަށް ތައުރީފްކޮށް ދެއްކި ވާހަކަތައް މީޑިއާގެ ފަލަ ސުރުހީތަކަށް އަރާފައިނުވާ ކަމަށެވެ.

އާސެނަލްގެ ފޯވާޑް އެލެކްސަސް ސަންޗޭޒްއާ ބެހޭ ގޮތުން އޮންރީ ބުނީ އޭނާވެސް އެ ކްލަބުގެ ކުރީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް ޖިރޫގެ ހިއްސާ ވެސް ބޮޑު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖިރޫ ވަނީ މި ސީޒަނުގައި އާސެނަލް ކުޅުނު ގިނަ މެޗުތަކުން އެޓީމު އެންމެ ފަހު ވަގުތު ސަލާމަތްކޮށްދީފައެވެ. އޭނާ ވަނީ އާސެނަލް އަށް މި ސީޒަނުގައި ކުޅުނު 17 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް