19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޗެރިޓީޝިލްޑް 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

  • މާޒިޔާގެ ފަރާތުން އެހިވާނީ އޯޓިޒަމް އެސޯސިއޭޝަން އަދި ކުޑަކުދިންގެ ހިޔާ އަށް
  • ވެލެންސިއާ އިން އެހީވާނީ ޓައިނީ ހާޓްސް އާއި ޑައުން ސިންޑްރޮމް އެސޯސިއޭޝަނަށް
ލީވާން އަލީ | MrLeevaan

| 9 ފެބުރުވަރީ 2017 | ބުރާސްފަތި 20:03 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


މިދިޔަ ސީޒަންގެ ޗެރިޓީ ޝިލްޑް މެޗު ކާމިޔާބުކުރީ މާޒިޔާ -- ޓްވިޓަރ

ކުރިޔަށް އޮތް ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަނޑައަޅައިފި އެވެ.

ސީޒަން ހުޅުވުމުގެ ގޮތުން މި މަހު 16 ވަނަ ދުވަހުގެ ކުޅުމަށް ހަމަޖެހިފައިވާ ޗެރިޓީ މެޗުގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ލީގް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި އެފްއޭކަޕްގެ ޗެމްޕިއަން ކްލަބް ވެލެންސިއާ އެވެ.

މި މެޗުން ލިބޭ ފައިސާ ހަދިޔާކޮށް މާޒިޔާގެ ފަރާތުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އަދި ކުޑަކުދިންގެ ހިޔާ އަށް އެހީތެރިވާއިރު، ވެލެންސިއާ އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަދި ބިއުޓިފުލް އައިސް ޑައުން ސިންޑްރޮމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށެވެ. މީގެ އިތުރުން އެފްއޭއެމް އިން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް) އަށް އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ސީޒަނުގައި ވެސް ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ މެޗުގައި އެކި އެންޖީއޯތަކަށް އެކި ގޮތްގޮތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެހެން ސީޒަންތަކާ ހިލާފަށް ކުރިޔަށް އޮތް ސީޒަން ތަފާތުވެގެންދާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، އެފްއޭއެމް އިން ވަނީ ދިވެހި ލީގުގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަތޮޅު ތެރޭ ހަތަރު ކްލަބަށް ލީގުގައި ބައިވެރިވެވޭނެ ފުރުސަތުވެސް އެފްއޭއެމް އިން ވަނީ ތަނަވަސްކޮށްދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް