25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޖަމާލް ޚާޝުގްޖީ

ޚާޝުގްޖީގެ އެންމެ ފަހު ބަހަކީ އަހަންނަށް ނޭވާނުލެވޭ: ރިޕޯޓް

  • މަރާލި ވަގުތުގެ ރެކޯޑިންގވަނީ ގައުމުތަކަށް ފޮނުވާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 10 ޑިސެންބަރު 2018 | ހޯމަ 10:47 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ޚާޝުގްޖީ ދިރިހުއްޓައި އެންމެފަހުން ފެނިފައި ވަނީ އޮކްޓޯބަރމަހުގެ ދެ ވަނަ ދުވަހު -- ގެޓީ އިމޭޖާސް

"އަހަންނަކަށް ނޭވާއެއް ނުލެވޭ" މިއީ ޚާޝުގްޖީގެ އެންމެ ފަހުބަސް ކަމަށް އޭނާ މަރާލެވުނު ވަގުތުގެ އެންމެ ފަހުވަގުތުކޮޅުގެ އޯޑިއޯ ޓޭޕްގެ ޓްރާންސްކްރިޕްޓާ ހަވާލާދީ ސިީއެންއެންއިން ބުނެފިއެވެ.

ސީއެންއެންއަށް މައުލޫމާތުދިން ފަރާތުން ބުނެފައިވާ ގޮތުގައި އެ މަރަކީ ކުރިން ރޭވިގެން ހިންގާފައިވާ މަރެއްކަމަށް ޓްރާންސްކްރިޕްޓުން އެނގެއެވެ. އަދި މަރުހަލާތައް ކުރިޔަށް ދިޔަގޮތް ކިޔައިދިނުމަށް އެތައް ފޯން ކޯލްތަކެއް ކޮށްފައިވާކަން އޭގެން އަންގައިދެއެވެ.

ސީއެންއެންއިން ބުނެފައިވާ ގޮތުގައި ތުރުކީގެ އޮފިޝަލުން ގަބޫލު ކުރައްވާ ގޮތުގައި އެ ކޯލްތައްކޮށްފައި ވަނީ ރިޔާޛްގައި ތިއްބަވާ އިސް އޮފިޝަލުންނަށެވެ.

ޚާޝުގްޖީ މަރާލެވުނުއިރު އޭނާއަށް ވަމުންދާ ގޮތްތައް ބުނެދެމުންދިއަ އަޑުވެސް އޯޑިއޯގައިވެއެވެ. އަދި ހަށިގަނޑުގެ ކީހަކުން ކޮށާކަން އަންގައިދޭ އަޑުވެސްވެއެވެ.

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ އެންމެ ފަހު ބަހަކަށްވީ "އަހަރެން ނޭވާހާސްވަނީ... އަހަރެން ބޮލުން ތި ކޮތަޅު ނައްޓާ،" ކަމަށް ތުރުކީގެ ދުވަހު ނޫހެއްް ކަމަށްވާ ސަބާ ނޫހުގެ ހެޑް އޮފް އިންވެސްޓިގޭޝަން މިދިޔަ ހަފްތާފައި އަލްޖަޒީރާ ނޫހުގައި ބުނެފައިވެއެވެ.

ޚާޝުގްޖީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ ސައުދީ ކޮންސިއުލޭޓަށް ލިއުމެއް ބަލާ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ދަނިކޮށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީން ބުނަމުންދާތާ އެތައް ދުވަހެއްފަހުން ސައުދީ އިން އެކަމަށް އެއްބަސްވެފައި ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް