23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ރައީސް ނަޝީދު

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

  • ކެރިވަޑައިގަންވަވާނަމަ ވާދަކުރައްވާ، ސާދާ ގޮތަކަށް ބަލިކުރާނަން
  • ރައްޔިތުންގެ ތާއީދު ޔާމީނަށް ނެތުމަކީ އަޅުގަނޑުގެ ކުށެއް ނޫން
އަޒުމޫން އަހުމަދު | azmoon_ahmed

| 9 ފެބުރުވަރީ 2017 | ބުރާސްފަތި 19:59 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ރައީސް ނަޝީދު ބޭރުގެ ނޫސްވެރިންނާއެކު -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

 

ޓެރަރިޒަމުގެ ކުށުގެ ދައުވާކޮށް ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ފަހުން، އާއްމުކޮށް ހުޅުވާލެވިގެން ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ ފެބްރުއަރީ 08 ވީ ބުރާސްފަތި ދުވަހު އެވެ. ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހުއެވެ. ނަމަވެސް ބޭރުގެ ފިއްތުންތަކާއެކު "ބޭސްފަރުވާ" ގެ ނަމުގައި 2016 ގެ ޖެނުއަރީ 18 ވަނަ ދުވަހު އެމަނިކުފާނަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދޭން ސަރުކާރަށް މަޖުބޫރުވި އެވެ. އެއިރު ސަރުކާރާއި، ޚުދު ރައީސް އަބްދުﷲ ޔާމީން ވިދާޅުވަމުން ގެންދެވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ރައީސް ނަޝީދަށް ނުދެއްވާނެ ކަމަށެވެ. ނަމަވެސް، ހިފަހައްޓާނުލެވޭ ވަރަށް ބޭރުގެ ފަރާތްތަކުން ވާން ކޮށްލުމުން، ދޫދިނުމަށް ފަހު ފަހަތަށް ޖެހެން ސަރުކާރަށް މަޖުބޫރު ވިއެވެ.

 

އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ސްރީ ލަންކާ އަށް ވަޑައިގެން އެމްޑީޕީގެ ގައުމީ މަޖިލީހާއި އާންމު މެންބަރުންގެ އިތުރުން ތާއީދުކުރައްވާ ގިނަ އަދަދެއްގެ އާންމުންނާ މި ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ނޫސްވެރިންނާ ބައްދަލުކުރައްވާ، ރާއްޖޭގެ މިހާރުގެ ހާލަތާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ މެދު އެމަނިކުފާނި ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައި ވެއެވެ.

 

ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ރައީސް ޔާމީނަށް ރައީސް ނަޝީދު ގޮން ޖެއްސެވުމެވެ. އެމަނިކުފާނާ ވާދަކުރައްވަން ކެރިވަޑައިނުގަންނެވުމަކީ ރައީސް ޔާމީން ލަދުވެތިވެ ވަޑައިގަންނަވަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ކެރިވަޑައިގަންނަވާނަމަ، އެމަނިކުފާނާ ވާދަކުރެއްވަން ގޮން ޖައްސަވައި، ރައީސް ނަޝީދު ވިދާޅުވީ ސާދާ ގޮތަކަށް ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށެވެ.

 

މީގެ އިތުރުން ރައީސް ނަޝީދު ވަނީ 2018 ގައި އިންތިހާބެއް ނުބާއްވަފާނެތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމު ކަމަކީ 2018 ގައި އިންތިހާބެއް ކަށަވަރުކުރުން ކަމަށެވެ. އިންތިހާބު ބާއްވައިފިނަމަ އެމަނިކުފާނު ވާދަކުއްވާނެ ކަން ފާހަގަކުރައްވާ ވިދާޅުވީ ބޮޑު ތަނުން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށެވެ.

 

ރައްޔިތުން އެމަނުކުފާނަށް ތާއީދުކޮށް، ރައީސް ޔާމީނަށް ތާއީދުނުކުރުމަކީ އަމިއްލަފުޅު ކުށެއް ނޫން ކަމަށާއި އެކަމާ ރައީސް ޔާމީން ލަދުވެތިވެ ވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، އެމްޑީޕީއަކީ އެންމެ މީހެއްގެ ވަށައިގެން ތަވާފްކުރާ ބައެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުންނެވެ.

 

އެންމެ ބޮޑަށް ރައީސް ނަޝީދު ފާހަގަކުރެއްވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެވޭނެ މަގު ތަނަވަސްވީ އެންމެ ފަހު ވަގުތުގައި ކަމެވެ. އެކަމުން މިސާލު ނަންގަވައި، ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމަ އަދި މާބޮޑަށް ވެސް އަވަސް ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުގެ އެހީގައި އިންތިހާބުގައި ޥާދަކުރެވޭނެ ގޮތް ހެދުމަށް ޕްރެޝާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

 

ރައީސް ނަޝީދުގެ މި ވާހަކަތަކާއެކު ސަޕޯޓަރުންގެ އުންމީދު މިވަނީ އާވެފަ އެވެ. ނަމަވެސް ކުރެވޭ ސުވާލަކީ ރައީސް ނަޝީދާ ވާދަކުރެއްވުމަށް ދަނޑު މައްޗަށް އަރާ ވަޑައިގަތުމަށް ރައީސް ޔާމީނަށް ކެރިވަޑައިގެންފާނެތޯ ކުރެވޭ ސުވާލެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް