21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ހިލާލީ ދަރިކޮޅާއި، ހުރަވީ ދަރިކޮޅު

ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

  • ވެރިކަމަށް ދަހިވެތިކަން ހުރި މިންވަރުން، ވެރިކަން އަތުލެއްވުމަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުގެ ބާރުތަކުގެ އެހީތެރިކަން ހޯއްދި.
  • މި ދެދަރިކޮޅުގެ ވެރިކަމުގެ ދުވަސްވަރު ދައުލަތަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވެފައި ވެއެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 9 ޑިސެންބަރު 2018 | އާދީއްތަ 21:14 | |

މާލޭގައި ކުރިން ހުރި ކޯއްޓޭ -- އާކައިވް

07 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ށ. ހުރާގޭ ދަރިކޮޅު.

މިދަރިކޮޅުގެ ވެރިކަމުގެ ދުވަސްވަރުގައި ވެސް ވެރިކަމަށް ދަހިވެތިކަން ހުރި މިންވަރުން، ވެރިކަން އަތުލެއްވުމަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުގެ ބާރުތަކުގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާފައި ވެއެވެ. މިދަރިކޮޅަށް ވެސް ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަމުން ދިޔަ ބަދަލުތަކާ ހުރެ މަޖުބޫރީ ޙާލަތުގައްޔާއި، ވެރިކަމުގެ ދަހިވެތި ކަމުގައިވެސް ދިވެހި ރާއްޖެއަށް ބޭރުގެ ނުފޫޒުގައި މަސައްކަތް ކުރައްވާފައިވާ ކަން ފާހަގަ ވެއެވެ.

މިދުވަސްވަރު މުޅި ދުނިޔެއަށް ވެސް އެންމެ ބޮޑު ނުފޫޒެއް އޮތީ އިޤްތިޞާދީ ގޮތުންނެވެ. މިހެންވުމުން އިޤްތިޞާދީ އަޅުވެތިކަމުގެ ދަށުވެ ބޭރުގެ ނުފޫޒު ރާއްޖެއަށް ފޯރާފައި ވެއެވެ. މިގޮތުން ވޯރާ ވިޔަފާރިވެރިންގެ ނުފޫޒު ކުޑަކޮށް ސަލާމަތް ވުމުގެ މަޤްޞަދުގައި އިނގިރޭސީންނާ އެކު ކުރެވުނު އެއްބަސް ވުމެއްގެ ދަށުން ޙިމާޔަތް ހޯދުމަށް މަސައްކަތް ކުރެވިފައި ވެއެވެ. މި އެއްބަސްވުމުގެ ދަށުން ޚާރިޖީ ކަންކަމުގައި ދިވެހި ދައުލަތުގެ އިޚްތިޔާރާއި، ބާރު ކުޑަވެ، އިނގިރޭސީންގެ ނުފޫޒު ގަދަވެގެން ގޮސްފައިވެއެވެ. މިގޮތުން ބަލާއިރު 1857 ގައި ވޯރާ ވިޔަފާރިވެރިން ރާއްޖެއައިސް ތިބުމުގެ ހުއްދަ މުސްކުޅި ބަންޑާރައިން ދެއްވާފައިވާ ކަމަށް ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. މި ވޯރާ ވިޔަފާރި ވެރިން، ރާއްޖޭގެ ވިޔަފާރީގެ މައްޗަށް ވަރަށް ބޮޑަށް ބާރުފޯރަވަމުން ނުފޫޒު ފޯރުވަމުން ދިޔަކަމުގައި ވެއެވެ. މިބައި މީހުންގެ ފަރާތުން ލިބެމުންދިޔަ އުނދަގޫތަކުގެ ސަބަބުން އިނގިރޭސީންނާ އެކު 1887 އާއި 1889 އާ ދެމެދު  މުޢާހަދާއެއްވެސް ހެދުނު ކަމުގައި އަލްއުސްތާޛް މުޙައްމަދު އިބްރާހީމް ލުޠުފީ (1988) ވިދާޅުވެފައި ވެއެވެ.

މި ދެދަރިކޮޅުގެ ވެރިކަމުގެ ދުވަސްވަރު ދައުލަތަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވެފައި ވެއެވެ. އެއީ ވެރިކަން ހޯއްދެވުމަށް ކުރައްވާފައިވާ މަސައްކަތުންނާއި، ބޭރުގެ ބާރުތަކުން އޭޝިޔާގެ މިސަރަޙައްދަށް ބާރުގަދަކުރުމަށް ކުރަމުން ގެންދިޔަ މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުންނެވެ. މިގޮތުން ދައުލަތް ހިންގުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ނުފޫޒު ފޯރާފައި ވެއެވެ. މިގޮތުން ޖިޒީ ދެއްކުމާއި، އެކި އެކި ފަހަރުމަތިން ރާއްޖެއަށް ކޮށްފައިވާ ޖެއްސުމައި، ގޯނާތަކާއި ޖިޒީ ނެގުމަށާއި ޙަސަދަވެރިކަން ފިލުވާލުމަށް ކޮށްފައިވާ ކަންކަންވެސް ފާހަގަ ވެއެވެ. މިގޮތުން ބަލާއިއިރު ހޯދުނު ހޯދުންތަކުން ކަށަވަރުވަނި ހިލާލީ ދަރިކޮޅާއި، ހުރާގޭ ދަރިކޮޅުގެ ތެރެއިން ބޮޑަށް ބޭރުގެ ނުފޫޒު ފޯރާފައިވަނީ ހިލާލީ ދަރިކޮޅުގެ ވެރިކަމުގައި ކަމުގައެވެ. މިގޮތުން ގިނަފަހަރު މަތިން ބޭރުގެ ޙަމާލާތަކާއި، ޖެއްސުން ކުރުން ކުރިމަތި ވެފައިވަނީ ވެސް މިދަރިކޮޅަށެވެ.

މަތީގައި ބަޔާން ކުރެވިފައިވާ ހެކިތަކާއި، ދަލީލީ ތަކުގެ އަލީގައި ހިލާލި ދަރިކޮޅުގެ ވެރިކަމުގައި، ވެރިކަން ހޯދުމަށް ބޭރުގެ ބާރުތަކާއި ޤައުމުތަކުގެ ނުފޫޒާ އެކު ވެރިކަން ހޯއްދެވުމަށް އެކިއެކި ރަސް ރަސްކަލުން ކުރައްވާފައިވާ މަސައްކަތް ތަކުންނާއި، ބައެއް ބޭފުޅުންގެ ވެރިކަމުގައި ރާއްޖޭގެ ވިޔަފާރިޔަށް ބޭރުގެ ނުފޫޒު ފޯރުވުމާއި، ޖިޒީ ދައްކަން ޖެހުމުގެ ސަބަބުން ވަރަށް ގިނަ ގުނަ ނުފޫޒުތަކެއް މިދަރިކޮޅުގެ މައްޗަށް ބޭރުންގެ ބާރުތަކުން ހުރިކަން ހާމަވެއެވެ. ހަމަ އެގޮތަށް ހުރަވީ ދަރިކޮޅުގެ މައްޗަށް ވެސް ނުފޫޒު ތަކެއް ބޭރުން ހުރިކަން ސާބިތުވެއެވެ. އެހެން ވުމުން މި ދެ ދަރިކޮޅުގެ ދުވަސްވަރުގައި ބޭރުގެ ނުފޫޒު ބޮޑަށް ފޯރާފައިވާ ކަމަށް ޤަބޫލު ކުރެވެނީ ހިލާލީ ދަރިކޮޅުގެ މައްޗަށް ކަމުގައެވެ. މި ނުފޫޒުތަކަށް ބަލާއިރު ހުރަވީ ދަރިކޮޅުގެ ދުވަސްވަރުގައި ދިވެހިރާއްޖޭގެ ވެރިކަން ސިދާ ގޮތުން ބޭރުގެ ބާރެއްގެ އަތްމައްޗަށް ގޮސްފައި ނުވެއެވެ.

-ނިމުނީ-

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް