24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މިސްރުގެ އަހުރާމްތައް

މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ

  • މި ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު
އަބުދުﷲ މުހައްމަދު | 8Abbo

| 9 ޑިސެންބަރު 2018 | އާދީއްތަ 10:02 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


މިސްރުގެ ގްރޭޓް ޚުފޫ އަހުރާމު -- ސީ.އެން.އެން

މިސްރުގެ ގްރޭޓް ޚުފޫ އަހުރާމުގެ މަތީގައި ބޭރު ގައުމެއްގެ ދެމަފިރިއަކު ބަރަހަނާކޮށް ފޮޓޯނެގި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްގެ މައްސަލަ އެ ގައުމުގެ ފުލުހުން ބަލަންފަށައިފިއެވެ.

ރޭގަނޑު ރެކޯޑްކޮށްފައިވާ ތިން މިނެޓުގެ ވީޑިއޯ އިން ފެންނަގޮތުގައި ދެމަފިރިން އަހުރާމުގެ މައްޗަށް އެރުމަށްފަހު އަންހެން މީހާ އޭނާ ލައިގެން ހުރި ޓީޝާޓު ބާލައި ފޮޓޯއަކަށް ހުއްޓި ފޮޓޯނަގައެވެ.

މިސްރުގެ މިނިސްޓަރ އޮފް އެންޓިކުއިޓީސް ޚާލިދް އަލް އަނާނީ ވަނީ އެ ކަމަކީ އާއްމު އިޖުތިމާއީ މިންގަޑާއި ޚިލާފު އަމަލެއްކަމަށާއި އެ ހާދިސާ އަދި އެވީޑިއޯ އެ ގައުމުގެ އެޓަރނީޖެނެރަލް ތަހުގީގު ކުރައްވާނެ ކަމަށެވެ.

ގީޒާ ޕްލެޓޯގެ ޑިރެކްޓަރ ޖެނެރަލް އަޝްރަފް މޯހީ އަލް އަހްރަމް އޮންލައިންގައި ވިދާޅުވެފައި ވަނީ އެ ތަނަކީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ އަދި ސަރަހައްދު ވަށައިގެން އަލިގަދަކޮށް ދިއްލާފައި އޮންނަ ތަނަކަށްވާއިރު އެ ވީޑިއޯ އަކީ ފޭކް ވީޑިއޯ އެއް ކަމަށެވެ.

އޭނާ ވިދާޅުވީ އަހުރާމް ތަކަކީ ތާރީޚީ ގޮތުން ދުނިޔޭގެ އެންމެ މުހިއްމު ބިނާތައް ކަމަށްވާއިރު މީހުން އެތަންތަނަށް އޮތް ލޯބި ފާޅުކުރާއިރު ތަފާތު ކަންކަން ކޮށްލުމުގެ ޝައުގު ހުންނާނެކަމަށެވެ.

މި ވީޑިއޯ މިދިޔަ ބުދަ ދުވަހު ޔޫޓިއުބަށް އަޕްލޯޑްކޮށްފައި ވަނީ ޑެންމާކުގެ ފޮޓޯގްރާފަރެއް ކަމަށްވާ އަންދްރިއަސް ވިދްއެވެ. އޭނާ ވަނީ މީގެކުރިން ވެސް ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް އެތަންތަނުގައިވާ އުސްތަންތަނުގައި ނަގާފައިވާ ފޮޓޯތައް ޕަބްލިޝްކޮށްފައެވެ. އޭގެ ތެރޭގައި ބަރަހަނާކޮށްހުރި ފޮޓޯތައް ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް