23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ލޯންގް ރަން 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

  • ކޮކާކޯލާ ރަން 2017 ގައި އެހެން އަހަރުތަކެކޭވެސް އެއްފަދައިން ބައިނަލްއަގުވާމީ ދުވުންތެރިން ބައިވެރިވާނެ
ލީވާން އަލީ | MrLeevaan

| 9 ފެބުރުވަރީ 2017 | ބުރާސްފަތި 17:11 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


މިދިޔަ އަހަރު ބޭއްވި ލޯންގް ރަންގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : އިސްމާއިލް ރިޔާޒް

ޓޯޓަލް ފިޓްނަސް ގްރޫޕުން އިންތިޒާމުކޮށްގެން ބާއްވާ ކޮކާކޯލާ ލޯންގް ރަން 2017 ގައި ބޭނުންކުރާ މެޑަލް ތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި އެވެ.

މި ދުވުން ބާއްވަމުން އަންނަތާ ފަސް އަހަރުވެފައިވާއިރު، ބުރާސްފަތި ދުވަހު ސޯލްޓް ކެފޭ ރެސްޓޯރެންޓުގައި މި ދުވުމުގެ ގްރޭންޑް ލޯންޗިން ވަނީ ބާއްވާފައެވެ. އެގޮތުން ދުވުމުގައި ކުރިން ވާދަކުރި ދުވުންތެރިންވެސް ވަނީ ފެނިގެންގޮސްފައެވެ.

މަޝްހޫރު ގިނަ ވިޔަފާރި ކުންފުނިތަކުގެ އެހީއާއެކު މި ދިގު ދުވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެގޮތުން މި އަހަރު ބާއްވާ ދުވުން އެހެން އަހަރުތަކާ ތަފާތުވާނެ ކަމަށް އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފައިވާއިރު، މެޑަލް އަދި ބޭނުންކުރާ ޓީޝާޓަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ހާފް މެރެތަން، 10 ކިލޯމީޓަރު ދުވުން އަދި ފަސް ކިލޯ މީޓަރު ދުވުން ހިމެނޭ މި އިވެންޓުގައި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ރާއްޖޭ ދުވުންތެރިންގެ އިތުރުން ބައިނަލްއަގުވާމީ ދުވުންތެރިންނަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ.

ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 14 ވަނަ ދުވަހުގެ ރޭ ފަތިހު 3:20 ގައެވެ. ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރަށް ދުވުން ކުރިއަށް ގެންދަނީ ހަތަރު އިވެންޓަކަށް ބަހަލައިގެންނެވެ.

މިދިޔަ އަހަރު ބޭއްވި ކޮކާކޯލާ ލޯންގް ރަންގައި 500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވާއިރު ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް