19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ބޮލީވުޑް

"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

  • ފިލްމް ބެލުމަށްފަހު ޖަޖު ކުރުމަށް ވަނީ އެދިފައި
ލީވާން އަލީ | MrLeevaan

| 9 ފެބުރުވަރީ 2017 | ބުރާސްފަތި 16:14 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ޖެއިޕޫރުގައި "ޕަދްމާވަތީ" ގެޝޫޓީން ކުރިއަށް ދިޔަ ވަގުތު ބަޔަކު ވަދެ ހަމަލާދެނީ -- ގޫގުލް

މެދުކަނޑާލާފައިވާ "ފަދްމާވަތީ" ގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ އެއް ތަރި ކަމަށްވާ ޝާހިދު ކަޕޫރު ބުނެފިއެވެ.

 

މާބޮޑު ތަފްސީލަކަށް ނުގޮސް ސާޖިދު ބުނެފައިވަނީ މާގިނަ ވާހަކަ އޭނާ ދައްކަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ފިލްމްގެ ޝޫޓިން ފުރިހަމަ ކުރުމަށް ކަމަށެވެ. އަދި ފިލްމް ބެލުމަށް ފަހު ޖަޖުކުރުމަށް އޭނާ ވަނީ އެދިފައެވެ.

 

ތާރީޚީ ލޯބީގެ ވާހަކައެއްގެ މައްޗަށް މަޝްހޫރު ފިލްމް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދަމުން އަންނަ މި ފިލްމުގެ ޝޫޓިންގައި ފިލްމްގެ ކުރޫއާ އެކު މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ޖެއިޕޫރުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގައި، ސަންޖޭއަށް ހަމަލާ ދިނުމުގެ ސަބަބުން ފިލްމްގެ ޝޫޓިންގް ވަނީ މެދު ކަނޑާލުމަށް ފަހު ޓީމު އަނބުރާ މުމްބައީ އަށް ގޮސްފައެވެ.

 

ކާނި ސެނާ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ ވިކްރަމް ސިންހަ އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އެ ފިލްމުގައި ރާނީ ޕަދްމިނީއާ ގުޅޭ ގޮތުން ގެނެސްދީފައި ވަނީ ދޮގު މައުލޫމާތު ކަމަށާއި އެޕާޓީން މުޒާހަރާ ކުރަމުން ދަނީ ތާރީޚީ ގޮތުން ދޮގު މައުލޫމާތު ގެނެސްދޭތީ ކަމަށެވެ.

 

އެންމެ ފުރަތަމަ ވެސް ބަންސާލީގެ މި ފިލްމަކީ ޗިޓޯރުގެ ރަސްކަލުން ރަތަންސޭންގެ އަނބިކަނބަލުން ރާނީ ޕަދްމިނީ (ޕަދްމާވަތީ) ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަން ހާމަ ކުރުމާ އެކު ރާޖަސްތާނަށް ނިސްބަތްވާ ޕަޓޭލް ނަވްނިރްމަ ޕާޓީން ވަނީ މި ފިލްމްގައި ރާނީ ޕަދްމިނީގެ ހަޔާތާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ހިމެނޭ ނަމަ ފިލްމް އެއްވެސް ތަނެއްގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

 

ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގާ ފިލްމްގެ ޝޫޓިން ހުއްޓުވާފައިވަނީ ބަންސާލީ މީގެ ކުރިން ވެސް ރާޖުޕޫތުގެ ތާރީހް އޮޅުވާލައިގެން ފިލްމް އުފައްދާފައިވާ ކަމަށް ބުނެއެވެ. އަދި މިފަހަރު ފިލްމް އުފެއްދުމުގެ ކުރިން ސްކްރިޕްޓް ދައްކަން ބުނެފައިވާނެ ކަމަށް ބުނި ނަމަވެސް ބަންސަލީ ސްކްރިޕްޓް ދައްކާފައި ނުވާ ކަމަށާއި ތާޜީހް އޮޅުވާލައިގެން ފިލްމް އުފައްދަން ފުރުސަތު ނުދޭނެ ކަމަށް އެކްޓިވިސްޓުން ވަނީ ބުނެފައެވެ.

 

އެކްޓިވިސްޓުން ބުނެފައިވަނީ އެމީހުންގެ އަތުގައި ހުރި ފޮތްތަކުގައި ރާނީ ޕަދްމިނީ އާއި އަލާއުއްދީން ހިލްޖީގެ ލޯބީގެ ވާހަކަތަކެއް ނެތް ކަމަށެވެ. ނަމަވެސް ބަންސާލީގެ ފިލްމުގައި އެފަދަ ލޯބީގެ މަންޒަރުތަކެއް ހިމަނާކަމަށެވެ.

 

ބަންސާލީގެ ބަޔާނުގައި ބުނެފައިވަނީ އެކްޓިވިސްޓުން އެބުނާ ކަހަލަ ރާނީ ޕަދްމަވަތީ އާއި އަލާއުއްދީން ހިލްޖީގެ މަންޒަރެއް އެއީ ހުވަފެނީ މަންޒަރެއް ވިޔަސް ނުހިމެނޭ ކަމަށެވެ. އަދި އެމީހުން އޭނާއަށް ގެއްލުން ދިނީ ހީވާ ހީވުމަކަށް ބަޔަކު ދެއްކި ވާހަކއެއް ގަބޫލު ކޮށްގެން ކަމަށް ބަޔާނުގައި ވެއެވެ.

 

"ޕަދްމާވަތީ" ގައި ލީޑު ރޯލް އަދާކުރަނީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދް ކަޕޫރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް