12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ކޮމަންވެލްތާއި އަލުން ގުޅުން

ކޮމަންވެލްތާއި އަލުން ގުޅެން ރާއްޖެއިން ހުށަހަޅައިފި

  • ކޮމަންވެލްތާއި އަލުން ގުޅެން ބޭނުންވާ ކަމުގެ ސިޓީފުޅު އެޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލްއަށް ވަނީ ފޮނުއްވާފައި
މިއުވާން މުހައްމަދު | Miuvaan

| 7 ޑިސެންބަރު 2018 | ހުކުރު 19:19 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  3. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  4. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  5. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  6. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  7. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  8. ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި


ރައީސް ސޯލިޙް (ވ) ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއިއެކު -- ރައީސް އޮފީސް

ކޮމަންވެލްތާއި އަލުން ގުޅެން ކެބިނެޓުން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ރުުހުން ދިނުމާއި ގުޅިގެން އެޖަމާޢަތާއި ގުޅުމަށް ރާއްޖެއިން ރަސްމީކޮށް ހުށަހަޅައިފިއެވެ.

ރާއްޖެއިން ކޮމޮންވެލްތްގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީފުޅު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފޮނުއްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ސިޓީފުޅުގައި، ކޮމަންވެލްތްގެ ޗާޓަރގައާއި ހަރާރޭ ޑެކްލަރޭޝާންގައި، ބަޔާންކޮށްފައިވާ އުޞޫލުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެއްބަސްވެފައިވާ ކަންކަން ނަގަހައްޓައި، އެކަންކަމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ. އަދި، ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމާފައިވަނީ ކޮމަންވެލްތް ޗާޓަރގައިވާ އުޞޫލުތަކަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދުގައި އޮންނަ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ލިބިގެންދާނެ މުހިންމު ބާރަކަށްވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސޯލިޙްގެ ސިޓީފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް ނަގަހައްޓައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން ކަށަވަރުކޮށް، ޤައުމުގެ ހިންގުން ހަރުދަނާކޮށް، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ޖާގަދިނުމުގައި، ކޮމަންވެލްތްގެ މެންބަރަކަށް ވުން މުހިންމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މިފަދަ ބައިނަލްއަޤްވާމީ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކީ ހާސިލުކުރުމުގައި ދިވެހިރާއްޖެއިން ބޭރު ދުނިޔެއާ އެކަހެރިކޮށް އޮތުމަކީ މި ސަރުކާރުން ޤާބޫލުކުރައްވާ އުސޫލެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވެއެވެ. މިގޮތުން، މި ސަރުކާރުގެ ވިސްނުންފުޅަކީ، ކުޑަ އަދި ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމެއްގައި ސުލްހަވެރިކަމާއި އޮމާން ކަމާއެކު ވެރިކަން ބަދަލު ވެގެން ދިޔަދިއުމުގެ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރައްވާފައިވެއެވެ. އަދި، ދުނިޔޭގެ ޑިމޮކްރަސީއާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާގުޅޭ ބަހުސްތައް ބައިނަލްއަޤްވާމީ މައިދާނުގައި ސަމާލުކަމަށް ގެނައުމުގައި، ރާއްޖޭގެ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކިއެކި ފަންނީ އަދި ޤާބިލް މީހުން ތަމްރީނު ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ. މިގޮތުން، ކޮމަންވެލްތްގެ ފަރާތުން މީގެ ކުރިން ދިވެހިންނަށް ލިބެމުންދިޔަ، މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި، ކުޅިވަރުގެ މައިދާނުގައި ފަހިވެފައި ހުރި ފުރުޞަތުތައް ފާހަގަ ކުރައްވައި، އެފަދަ ފުރުޞަތުތަކުގައި ދިވެހިން ރާއްޖެއިން އެކި ރޮނގުރޮނގުން ބޭރުގައި ކުރާ ތަޖުރިބާތައް، ރާއްޖޭގެ ފަންނީ ދާއިރާތަކުގައި ހިއްސާވަމުން ދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

ދިވެހިރާޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ކޮމަންވެލްތުން ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ.

ކޮމަންވެލްތާއި އަލުން ގުޅެން މަޖިލީހުން ފާސްކުރަން ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި އެޖަމާޢަތުން ވަކިވާން ވޯޓު ދެއްވި މެމްބަރުންވެސް ހިމެނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް